އިންޑިއާ އައުޓް ކެމްޕޭން ވިއްކައިގެން ރައްޔިތުން ދިން އުއްމީދީ ވޯޓުގައި ވެރިކަމަށް އައިސް މިއަދުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައި ކަމަށް އުމަރުވަނީ ފާހަގަކޮށްފައެވެ.
އުމަރު މިފަދައިން ވިދާޅުވީ، ރާއްޖެ ޓީވީގެ "ސުވާލަކީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މަސްވެރިންނަށް ސިޔާސީ ވެރިން ދޮގުހަދާ ވަރަށް، ވަގު ފިރިން އަނބިންނަށްވެސް ދޮގު ނުހަދާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ ގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ހަރަދު ކުޑަކުރަން ސަރުކާރުގެ ހެޔޮ ތެދުވެރި ނިޔަތެއް އޮތް ނަމަ އެތައް ހާހުން މައްޗަށް ގޮސްފައިވާ ސިޔާސީ މަގާމުތައް މަދުކޮށް މުސާރައަށް ކުރަމުންދާ ހޭދައިން އެތައް މިލިއަނެއްގެ ފައިސާ ސަލާމާތް ކުރެވޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު ވިދާޅުވީ މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ސިޔާސީ ގޮތުން ފިިތިފައި ތިބެގެން ސަރުކާރުން އިންޑިއާގެ ނުފޫޒާ އެކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު މިފަދައިން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އިންޑިއާއަކީ ކުރިންވެސް އިންޑިއާ ސިފައިން ތިބުން މައްސަލަ ނުހެދި ބައެއް ކަމަށާ މިހާރު ޕީއެންސީއިންވެސް ހަމަ އެ ސްޓޭންޑު ނަގާފައިވާ މަންޒަރު ފެންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެ ދަރަޖައަށް ކަންކަން ދަނީ އިލްމާ ހިލްމާ ގާބިލު ކަން ނެތް ވެރިން ގައުމާ ހަވާލުވާތީ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަނެއްކާވެސް ގޮވާލައިފިއެވެ.