އުމަރު ނަސީރު / ތޭރަ އޮންލައިން
ސިޔާސީ
ޑްރޯން ދުއްވަން ދަސްކޮށްދިނުމުގެ ނަމުގައި ތުރުކީގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމުން އުމަރުގެ ކަންބޮޑުވުން
Hussain Nawaf
ހުސައިން ނަވާފް
04 މޭ 2025

ޑްރޯން ދުއްވަން ދަސްކޮށްދިނުމުގެ ނަމުގައި ތުރުކީގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ ސަބަބުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ބޭރުގެ އެހެން ގައުމަކުން މިލިޓަރީ ހަތިޔާރެއް ހަދިޔާ ކުރާނަމަ ދަސްކޮށްދިނުމުގެ ގޮތުން ނުވަތަ ތަމްރީނު ދިނުމަށް ގައުމަށް ވަގުތީ ގޮތުން ފައިބާކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން އިންޑިއާގެ ސިފައިން 2011 ވަނަ އަހަރު ރާއްޖެއަށް ފޭބި އިރު މިއަދަކީ 2025 ވަނަ އަހަރު ކަމާއި އަދިވެސް އެ ގައުމުގެ ސިފައިން ތިބީ ރާއްޖޭގައި ކަމާއި ދިވެއްސަކަށް ހެލިކޮޕްޓަރު ދުއްވަން ނޭނގެނީތޯ ވަނީ ސުވާލު އުފައްދާފައެވެ.

މިހާރު ތުރުކީގެ ޑްރޯން ދަސްކޮށްދޭ މީހުން އެބަ ތިބި ފައިބާ. ނޭނގެ ކިހާ ދުވަހަކަށް ކަމެއް ތިބޭނީ. މަނަވަރާއެކުވެސް އައިސް ތިބެން ވީ ދެއްތޯ؟

- އުމަރު

މިއަދު ރާއްޖެ މިހާލަތަށް ވެއްޓުނީ ގައުމުގެ ވެރިންގެ ވިސްނުން ކޮށި ކަމުންކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން އެފަދަ ވެރިންނަށް އެހެން ގައުމުތަކުގެ މިލިޓަރީން އައިސް އަމަލު ކުރާ ގޮތް ނޭނގޭކަމަށް ވިދާޅުވެވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved