

އިންޑިއާ ސިފައިން މި ގައުމުގައި ތިބެ އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ އަސްކަރީ އާލާތްތައް ގައުމުން ބޭރުކުރުމަށް އުމަރު ނަސީރު މޯދީއަށް ގޮވާލައިފިއެވެ.
އުމަރު މިފަދައިން ގޮވާލާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި އުމަރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މި ގައުމަށް މަރުހަބާ ދަންނަވާ އިންޑިއާ އަކީ އެކުވެރި ގައުމެއް ކަމަށް ބުނެފައެވެ.
ނަމަވެސް އިންޑިއާގެ ސިފައިން މި ގައުމުގައި އޮޕަރޭޓް ކުރަމުންދާ ހެލިކޮޕްޓަރާއި އަސްކަރީ އެހެނިހެން އުޅަނދުތައް މި ގައުމުން ބޭރުކުރުމަށް އުމަރުގެ ޕޯސްޓަގައި ވަނީ ބުނެފައެވެ.
މުއިއްޒު ވަނީ މި މައްސަލަ އާއި ގުޅިގެން ދިވެހިންނަށާއި އިންޑިއާއަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި މިގައުމުގެ މިނިވަންކަމާއި ކަރާމާތަށް އަސްކަރީ އުޅަނދުތައް ބޭރުކުރަން ޖެހޭ ކަމަށް އުމަރު ވަނީ ބުނެފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބި މައްސަލައިގައި އެންމެ ގަދަޔަށް މުޒާހަރަ ކުރި މިހާރުގެ ވެރިން ވެރިކަމާއި ހަވާލުވެ ވަނީ އިންޑިއާގެ ސިފައިން ބޭރުކޮށްފައި ކަމަށްބުން އޮޅުވާލާފައެވެ.
މިހާރުވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން އެކި ބޭނުންތަކުގެ ނަމުގައި ކަމަށްބުނެ ހަރަކާތްތެރިވަމުން އަންނައިރު މިއީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އުމަރުގެ އިތުރުން ދިވެހިންވެސް އަންނަނީ ބުނަމުންނެވެ.
އުމަރު ނަސީރުގެ އެކްސް ޕޯސްޓް ވަނީ ހިންްދީ ބަހުން ލިޔެ މޯދީއަށް ޓެގްވެސް ކޮށްފައެވެ.