އިންތިޚާބަކާ ހަމައަށް ދެން ކިތަންމެ އަވަހަކަށް އަޔަސް މި ސަރުކާރުގެ ވެރިން އޮރިޔާން ވާނެ ކަމަސް ރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ، "ޗެނަލް13"ގެ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި މި ސަރުކާރުގެ ވެރިން ރައީސް އަބްދުﷲ ޔާމީންގެ ނަން ފުޅާ ހުސް ގޮނޑި އަދި ފޮޓޯފުޅުވެސް ބޭނުން ކޮށްގެން ކެމްޕެއިންކޮށް ކާމިޔާބު ހޯދުމަށް ފަހު އެމަނިކުފާނާ މެދު ކަންތައް މިހާރު ކުރަމުން ގެންދާ ގޮތް ރައްޔިތުން ތިބީ ނުހަނު ގާތުން ބަލަން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިހާރުވެސް ރައީސް ޔާމީނަށް ހުކުމެއް ޖަހާ އެމަނިިކުފާނު ޖަލަށްލާން މި ސަރުކާރުގެ ވެރިން ތިބީ ކެތްމަދުވެފައި ކަމަށަ ނަމަވެސް އެކަންކަމުގެ ނަތީޖާ މިވެރިންނަށް ފެންނާނީ އިންތިޚާބެއްގައި ވާދަކޮށްލުމުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިންތިހާބަކާ ހަމައަށް އައީމަ ހަމަ އޮރިޔާން ވާނީ. ފަސް އަހަރުކޮށްފައި ގެޔަށް ދާންޖެހޭނީ. ޖަލަށް ނުލީއްޔާ ވެސް ރަނގަޅު ދެން އަންނަ ސަރުކާރަކުން މި މީހުން
އުމަރު ވިދާޅުވީ، ގައުމާ ރައްޔިތުންގެ ހާލަތު މިއަދުވަނީ ނުހަނު ދަށް ހާލަތެއް ކަމަށާ އިގްތިސޯދުގެ ވާހަކަ ދެއްކެން ވެސް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަންކަން ހިނގަމުންދާ އުސޫލުގެ ގޮތުން ވެރިކަމުގެ ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިގެން ދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ.
އޭގެ މައިގަނޑު ސަބަބަކީ ވެރިކަމުގެ ފަރާތުން ހަދަމުންދާ ދޮގުތައް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.