April 22, 2026
Advertisement
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް / ސަން އޮންލައިން

ހަތް އެއާޕޯޓެއް އަޅަން 86 މިލިއަން ޑޮލަރު ބަހައްޓާފައި ހުންނާނެ ކަމަށް ސޯލިހު ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 13, 2025, 11:05 PM
މާލެ ސިޓީ

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެއާޕޯޓް އެޅުމަށް 86 މިލިއަން ޑޮލަރު އެކައުންޓަކަށް ޖަމާކޮށްފައި ހުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

އއ. ބޮޑުފޮޅަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ހަތް އެއާޕޯޓު އެޅުމަށްޓަކައި 86 މިލިއަން ޑޮލަރު އެއްކޮށްފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ލ. ކައްދޫ ތަރައްގީ ކުރުމަށް ވެސް އެމްޑީޕީގެ ސަރުކާރުން 10 މިލިއަން ޑޮލަރު ބަހައްޓާފައި ހުންނާނެ ކަމަށާއި އެ ތަންތަން ތަރައްގީ ނުކޮށް އެ ފައިސާއަށް ކުހެދި ގޮތެއް މި ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށްވެސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު ސަރުކާރު ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވަމުންދާއިރު އެ ކަމަށްވެސް ސޯލިހް ވިދާޅުވެ ވިދާޅުވީ ގައުމު ބަނގުރޫޓްވާން މުއިއްޒު ދޫކޮށްލާފައިވާ ކަމަށެވެ.

ލ އަތޮޅު ކައްދޫ ތަރައްގީ ކުރުމަށްޓަކައި 10 މިލިއަން ޑޮލަރު ވަކިން ބަހައްޓާފަ ހުންނާނެ. ކޮބައިތޯ މި ފައިސާ. ކީއްތޯއޭ މި ކުރެއްވީ މި ފައިސާ އަށް. މިއިން އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ރަށެއްގަ ނުހިނގައޭ

އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއިން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން އިންތިހާއަސް ގައުމު ދަރުވާލާފައެވެ. އަދި އެ ލޯނުތައް ނުދެއްކި މި ސަރުކާރަށް ތުރާ ޖެހިފައިވާކަމަށް މި ސަރުކާރުގެ ވެރިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved