April 3, 2026
Advertisement
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން / އެޑިޝަން.އެމްވީ

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 13, 2025, 10:43 PM
މާލެ ސިޓީ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރިއަތް މާދަމާ ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

Advertisement

މި މައްސަލަތަކުގެ ޝަރީއަތް މިދިޔަ ޖޫން މަހު ފެށިފައިވާއިރު ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާ، ޝައްމާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު އޭނާ ހުރީ ވާނުވާ ބަންދުގައެވެ.

ދައުލަތުން ޝަމްއާނުގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ:

  1. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި
  2. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި
  3. މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.

މި ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އައްޔަނުކޮށްފައިވާ ބޭބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އާންމުވަމުންދާއިރު މީގެ ތެރެއިން މިހާތަނަށް ފިޔަވަޅު އަޅާ ތަހުގީގެއް ހިންގަމުން އަންނަނީ މުހައްމަދު ޝަމްއާން ވަހީދަށް އެކަނިކަމަށް ވާތީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝަމްއާން ވަނީ ފްރޭމުކުރެވިފައެވެ.

ޝަމްއާން ވަކިކޮށް ބަންދުގައި ބަހައްޓައިގެން އުޅެނީ މިނިސްޓަރު އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އާއިލާއިން ކުރިން ބުނެފައިވެއެވެ. އެގޮތުން މްއާން ރައީސަށް ފޮނުވި މެސެޖްގައި ބިދޭސީންގެ ކޯޓާ، ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިމެނޭ ކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އޭނާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ

ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ހުރެ ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ކޮންޓްރޯލް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާ ގިނަ އަދަދެއްގެ ބިދޭސީން ރެގިއުލޭޓްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved