May 2, 2026
Advertisement
މެމްބަރު ފަލާހް
މެމްބަރު ފަލާހް / މަޖިލިސް

ބޮޓޭކޯ 28 މިލިއަނަށް ބިމެއް ގަނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 17, 2025, 11:03 PM
ހުޅުމާލެ ފޭސް 1

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު (ބޮޓޭކޯ) 28 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މި ބިމުގެ މިލްކުވެރިކަން ފަލާހުގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކުރި ހުކުމުންނެވެ.

އެ ހުކުމުގައިވާ ގޮތުގައި، 28،782،000 ރުފިޔާއަށް ފަލާހް، ހުޅުމާލޭ ދެވަނަ ފިޔަވަހިން 3250 އަކަފޫޓުގެ ބިމެއް ގަނެފައިވާ ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން މިއަދު ކުރެއްވި ހުކުމާއެކު، މި ބިމުގެ މިލްކުވެރިކަންވަނީ ފަލާހަށް ލިބިފައިވާކަމަށް ކަނޑައަޅުއްވާފައެވެ.

އޭނާ ގަނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު 22173 ބިމެވެ. އެއީ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުގައި އޮންނަ 3،250 އަކަ ފޫޓުގެ ބިމެކެވެ. ބިމުގެ އަގެއްގެ ގޮތުން ފަލާހު ވަނީ އެޗްޑީސީއަށް ދައްކާފައިވަނީ 28,782,000 ރުފިޔާއެވެ. އެއީ އަކަފޫޓެއް 8،856ރ. ގެ މަގުންނެވެ.

މި ބިމުގެ އިތުރުން މިވަގުތު ފަލާހުގެ ނަމުގައި މިވަގުތު ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved