March 28, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. / ތޭރަ އޮންލައިން

މީޑިއާ ކޮންޓްރޯލް ބިލަކީ ޚުދުމުހުތާރު ވެރިއެއްގެ ޚުދުމުހުތާރު ސިފަތައް ފޮރުވުމަށް ހަދާފައިވާ ބިލެއް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 19, 2025, 08:07 PM
މާލެ ސިޓީ

މީޑިއާތަކާއި ނޫސްވެރިން ކޮންޓްރޯލް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ބިލަކީ ޚުދުމުހުތާރު ވެރިއެއްގެ ޚުދުމުހުތާރު ސިފަތައް ފޮރުވުމަށް ހަދާފައިވާ ބިލެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ ޚުދުމުހުތާރު ވެރިއެއްގެ ކައިރީގައި ތިއްބަވާނީވެސް އެފަދަ މީހުން ކަމަށާއި އެފަދަ ވެރިއަކަށް ވާގިވެރިވާ އަދި އަމުރު ކުރާ ހުރިހާކަމެއް ކުރާނެ މީހުން ކަމަށެވެ.

މިގޮތުން ގައުމުގެ އެކި މުއައްސަސާތަކާއި ވުޒާރާތަކަށް އައްޔަނު ކުރައްވާނީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދާއި އަމުރަށް ކިޔަމަންވާނެ މީހުން ކަމަށް ވިދާޅުވީވެސް ރައީސް މުއިއްޒު އަމިއްލަފުޅަށް ކަމަށް ރައީސް ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންސާނުން އުޅެންވާގޮތާއި މުއައްސަސާތައް ހިންގަންޖެހޭ ގޮތާއި ކުންފުނިތައް ހަރަކާތްތެރިވާންޖެހޭ ގޮތްތައް އަންނަނީ "ކޯޑް ގުޑް ގަވަނަންސް" ގެ ދަށުން ކަމަށާއި ގާނޫނު އަސާސީގެ 15 މާއްދާގައި ބަޔާންވެފައިވަނީ މި ތަންތަން އޮޕަރޭޓް ކުރަމުންދަނީ ރަނގަޅަށްތޯ ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ ކަމަށް ވިދާޅުވެ މި ގައުމުގެ ރައީސް ކިބައިން އެ މަންޒަރު ނުފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަކީ ހަމައެކަނި ބިލު ފާސްކުރުމެއް ނޫނޭ. އެމީހުންގެ މަަސައްކަތުގެ ތެރޭ ހިމެނޭ މުޅި ދައުލަތް ހިނގާ ގޮތް އޯވަރސީ ކުރުން. ސަރުކާރު މަގުން ކައްސާލައިގެން ނުދިޔުމަށް އެހީތެރިވެދޭ ބަޔެއް އެއީ. އެހެންނުވާނަމަ ރައްޔިތުންގެ މަޖިލިސް ބޮޑު ތަނުން ފެއިލްވީ

ރައިސް ޔާމީން ވިދާޅުވިއެވެ.

ގުޑް ގަވަނަންސްގެ ޕްރިންސްޕަލްގެ ދަށުން މިފަދަ މުއައްސަސާތަކުގައި ތިއްބަވާ ވެރިންނާއި މުވައްޒަފުންގެ މައްޒަށް ތަފާތު އެކި ތުހުމަތުތައް ކުރެވުމުން އެކަންކަން ފޮރުވާ އެމީހެއް ދިފާއުކުރުމުގެ ބަދަލުގައި އެކަން ހިނގި ގޮތް ނުވަތަ ނުހިނގާ ކަން ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

އެހެންކަމުން ރައީސް މުއިއްޒު ކުރައްވަން ޖެހޭ ކަމަކީ މިފަދަ ކަންތައްތަކުގެ ވާހަކަތައް ދައްކާ މީހުންގެ ދުލުގައި ޓޭޕް އެޅުން ނޫންކަމަށާއި ރައީސްގެ ޒިންމާގެ ދަށުން ހަގީގަތް ބަލާ އިންސާފުވެރި ތަހުގީގު ހިންގުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved