March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

ދުނިޔޭގެ ގައުމުތަކަށް ރައީސް މުއިއްޒު އިންޒާރުދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 20, 2025, 07:31 PM
މާލެ ސިޓީ

ކޮންމެތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެ ދުނިޔޭގެ ގައުމުތަކަށާ ޖަމްއިއްޔާތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިންޒާރުދީފިއެވެ.

Advertisement

ރައީސް މިފަދަ އިންޒާރެއް ދީފައިވަނީ ވ. ފެލިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށް ރައީސް ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވީ ބައިނަލްއަގްވާމީ މުޖުތަމައުން އެހެން އެކަން ނުކުރުމަށް ގޮވާލާ އެތައް ބަޔާނެއް އެތައް ޖަމްއިއްޔއަކުން ނެރެފައިވަނިކޮށެވެ.

ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށާއި ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ދީނީ މަތިވެރި ޝިއާރުތައް މި ވެރިކަމުގައި ނަގަހައްޓާނެ ކަމަށް މީގެ ކުރިން ރައީސް ވައުދުވެފައިވާއިރު ދީނީ މިންގަނޑުތަކާއި ޚިލާފަށް ޝުއޫރު ފާޅުކޮށް މިހާރުވެސް ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ނަމަވެސް މި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު މިފަދަ ވާހަކަތައް ދައްކާ މީހުންނަށް އަދަބު ދިނުމަށް ގާނޫނާއި ގަވާއިދު ހެދުމަކީ މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަކީ އެއްވެސް ކަހަލަ ދިރާސާއެއް ހެދުމެއްނެތި ނިންމަވާ ނިންމެވުންތައް ހާމަވާ ކަމެކެވެ.

މި ބިލާއި ގުޅިގެން ބޭރުގެ މީޑިއާތަކާއި ޖަމާއަތްތައް އަދި ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ކުރިއަރާފައިވާ ގައުމުތަކުން ދެއްވާ ނަސޭހަތުގައި ނުހިފާ ނުވަތަ ކޮންސިޑާ ނުކޮށް ރައީސް މުއިއްޒު ނިންމެވި ނިންމުމަކީ އޭގެ އަސަރު ޚުދު ރައީސް މުއިއްޒަށްވެސް ކުރެވިގެންދާނެ ކަމެކެވެ.

ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް

ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ގާނޫނާއި ގުޅިގެން މިހާތަނަށް ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީތަކުންނެވެ.

ބިލު ތަސްދީގުކުރުމާއެކު އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް މުއިއްޒު ރޭ ވިދާޅުވީ ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved