theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން އެމްޑީއޭގެ ލީޑަރު ސިޔާމްއާ ސަލާމް ކުރައްވަނީ / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީންގެ ދައުވަތެއް ސިޔާސީ ޕާޓީތަކަށް!
Mariyam Isaadha
މަރިޔަމް އިސާދާ
20 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އެމަނިކުފާނު އެތައް ގުރުބާނީއެއް ވެވަޑައިގެން ގެންނެވި ޕީއެންސީގެ ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ރައީސް އަބްދުﷲ ޔާމީން ދައުވަތު އަރުއްވައިފިއެވެ.

ބުރާސްފަތިދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގުން މިހާރު އޮތީ ބޮއްސުންލާފައި ކަމަށާ ސަރުކާރުން ޒިންމާ އަދާ ނުކުރާ ކަމަށެވެ.

އެގޮތުން ގުޑްގަވަނެންސް މި ސަރުކާރުގައި ޕްރެކްޓިސް ނުކުރާ ކަމަށާ ނުރަގަޅު ކަންކަން ހިނގުމުން ސަރުކާރަށް އެކަންކަމުގައި އިހުމާލުވާ މީހުން ޖަވާބުދާރީވެސް ނުކުރެވޭ ކަމަށެވެ. ބަދަލުގައި ސަރުކާރުން މަސައްކަތްލކުރަނީ އެ ގޯސްތަކުގެ ވާހަކަ ދައްކާ މީހުންގެ އަނގަމަތީ ޓޭޕު އަޅަ ބަންދު ކުރަން ކަމަށާ ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ނުކުންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގޮތުގައި ސަރުކާރު ޒިންމދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އެމްޑީޕީއަށްވެސް ހިތްވަރު ދެއްވާ ކަމަށާ އަދި އަދާލަތު ޕާޓީއާ އެހެން ޕާޓީތަކަށްވެސް ޕީއެންއެފްއާ އެކު ސަރުކާރު ހަމަމަގަށް އަޅުވަން މސައްކަތްކުރެވޭނެ ކަމަށެވެ.

އަޅުގަޑު ހިތްވަރު ދެން އިނގޭތޯ އެމްޑީޕީއަށްވެސް ސަރުކާރުން ޒިންމާދާރުކުރވަން މަސައްކަތްކުރަން. ކޮންމެ ޕާޓީއަކަށްވެސް އަޅުގަޑުމެންނާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މސައްކަތްކުރެވޭނެ. އެއީ ކޮންމެ ހިޔާލު އެއް ގޮތްވެގެން ނެތް ނޫން. އެއީ ސަރުކާރު ޒިންމާކުރުވާ ޖަވާބުދާރީ ކުރުވަން ގާނޫނު އަސާސީއިން މަތިކުރަނީ ސިޔާސީ ޕާޓީތަކާ ކަމަށް ވެސް ވުމުން. އަޅުގަޑުމެންނާ އެކު ހުރިހާ ޕާޓީތަކަށް މިކަމުގައި މަސައްކަތްކުރެވޭނެ.

- ރައީސް ޔާމީން

ގުޑް ގަވަނެންސްގައި ކަންކަން ރަގަޅަށް ހިންގާތޯ ބެލުމަކީ ގައުމެއްގެ އެންމެ މަތީ ވެރިޔާގެ ޒިންމާއެއް ކަމަށާ ނަމަވެސް ރައީސް ޑރ މުއިއްޒު އެ ޒިންމާ އަދާނުކުރައްވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved