theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ޕީއެންއެފްއިން ގައުމަށްޓަކާ ކުރިއަށް، މިރޭވެސް ޖަލްސާ އޮންނާނެ!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
21 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގެން އިންސާފުކޮށް ދެއްވާނެ ކަމަށާ އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މި މަސައްކަތްތަކާއި ގުޅިގެން ސަރުކާރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ތަކުލީފުތައް ޖައްސަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

ޕީއެންއެފްއިން ފަހަތަށް ނުޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުންނަށްޓަކާއި ޕީއެންއެފްެއިން ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved