March 18, 2026
Advertisement
-
- / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 1, 2026, 02:46 PM
މާލެ ސިޓީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޚާއްޞަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ (01 ފެބްރުއަރީ، އާދިއްތަ ދުވަހުގެ ރޭ) 8:45 ގައި އެ ޕާޓީގެ މައި މަރުކަޒު ކަމަށްވާ "ފްރޮންޓް އޮފީސް" ގައެވެ. މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޖަލްސާއަށް ޤައުމުދެކެ ލޯބިވާ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

މި ޖަލްސާތަކަކީ ސަރުކާރު ޒިންމާދާރުކުރުވުމަށް ޕީއެންއެފްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ ޖަލްސާތަކެކެވެ. އެގޮތުން ސަރުކާރުން ހިންގާ ނުރަނގަޅު ކަންކަމާއި، ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުންތަކުގެ މައުލޫމާތުތައް ސާފުކޮށްދީ، ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަކުރުމަކީ މި ޖަލްސާތަކުގެ މައިގަނޑު މަގުސަދެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ބައްދަލުވުންތަކުގައި ރައީސް ޔާމީން ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ޤައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންކަމުން މިރޭގެ ޖަލްސާގައިވެސް ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved