theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
ނަޒާހަތްތެރިކޮށް ނޫޅެވެންޏާ އަނބުރުގެ ވާހަކަ އެހެންމީހުން ދައްކާނެ: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
22 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ނަޒާހަތްތެރިކޮށް ނޫޅެވެންޏާ އަނބުރުގެ ވާހަކަ އެހެންމީހުން ދައްކާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނުގައި އެމީހެއްގެ އަނބުރު އެމީހަކު އަމިއްލައަށް ރައްކާތެރިކޮށް ވީހާވެސް ނަޒާހަތްތެރިކަމާއި އެކު އުޅުމަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.

މިގޮތުން އެމީހެއް އަމިއްލައަށް އެމީހެއްގެ އަނބުރު ރައްކާތެރިކޮށްފިނަމަ އެމީހަކާއި ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު އެހެން މީހުންނަށް ނުލިބޭނެ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައ ފާހަގަކުރައްވާފައިވެއެވެ.

އެމީހެއް އަނބުރު އެމީހަކު އަމިއްލައަށް ރައްކާތެރިކުރާށޭ، މިހެންނޫންތޯ އިސްލާމްދީނުގައި އަންގަވާފައިވަނީ. އެމީހެއްގެ އަނބުރު އެމީހަކު ރައްކާތެރިކުރީމަ އެހެންމީހުންނަށް ނުލިބޭނެ ޖާގައެއް އެމީހަކާއި ބެހޭ ގޮތުން ވާހަކަ ދައްކަން

- ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ނޫސްވެރިންނާއި މީޑިއާތަކުން ދޮގު ޚަބަރާއި ނުރަނގަޅު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ފާސްކޮށް ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ބިލަށް ފާޑުވިދާޅުވަމުންނެވެ.

ދިވެހި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ނޫސްވެރިން އާންމުންނާ ހަމައަށް ގެނެސްދެމުންދާތީ "ދޮގު ޚަބަރު" ފަތުރާ މީހުންގެ އަނބުރު ކަތިލާ ކަމަށް ތުހުމަތުކޮށް ސަރުކާރުން ފާސްކުރި މި ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން ހަނިވެ ސަރުކާރުން ހިންގަމުން އަންނަ މިފަދަ މައްސަލަތަކުގެ ވާހަކަތައް ދެއްކުމަށް ނޫސްވެރިންގެ އިތުރުން އާންމުންގެ ދޫތައް ވަނީ ބަންދުކޮށްފައެވެ.

މިޒަމާނަކީ މީސްމިޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ ޒަމާނަކަށްވާއިރު ސަރުކާރު ޒިންމާދާރުކުރުވުމަށް ވަކާލާތުކުރައްވާ ބޭފުޅުންނަށް މި ފަދަ ބިލެއް ތަސްދީގުކޮށްގެން އަމަލުކުރުމަކީ ސީދާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ސަރުކާރުގެ ސިއްރުތައް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުން ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved