March 1, 2026
Advertisement
ވެމްކޯގެ މުޅި މެނޭޖުމަންޓު ކޮރަޕްޓުވެފައިވާ ކަމަށް ބުނެ މުވައްޒަފަކު ވަކިވެއްޖެ
ވެމްކޯގެ މުޅި މެނޭޖުމަންޓު ކޮރަޕްޓުވެފައިވާ ކަމަށް ބުނެ މުވައްޒަފަކު ވަކިވެއްޖެ / ވެމްކޯ

ވެމްކޯގެ މެނޭޖުމަންޓު ކޮރަޕްޓުވެފައިވާ ކަމަށްބުނެ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2025, 09:44 PM
މާލެ ސިޓީ

ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖުމަންޓު ވަނީ ކޮރަޕްޓުވެފައި ކަމަށް ބުނެ ތަނުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއަކުން ހާމަވާ ގޮތުގައި މަގާމުން އަމިއްލައަށް ވަކިވެފައި ވެމްކޯގެ ހައުސް ހޯލްޑް ޑިޕާޓުމަންޓުގައި ވެށި ފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ކުރަމުން ދިޔަ މުހައްމަދު އަބްދުﷲ (ސްޓާފް އައިޑީ 7220) ނަމަކަޔަށް ކިޔާ މީހެެކެވެ.

އޭނާ މަގާމުން ވަކިވާން އެދި ފޮނުވި ފޯމުގައި ވަޒީފާއިން ވަކިވާން އެދޭ ސަބަބުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ ވެމްކީގެ މެނޭޖުމަންޓަކީ އެއްކޮށް ކޮރަޕްޓު ވެފައިވާ މެނޭޖުމަންޓެއްކަމުގައި ބަޔާންކޮށްފައެވެ.

"އަ ކޮމްޕްލީޓްލީ ކޮރަޕްޓެޑް މެނޭޖެމަންޓް" މިހެން ލިޔެ އޭނާ ވަނީ އެ ވަޒީފާއިން އޭނާ ވަކިވާން އެދިފައިވާކަން ފޯމުގައި ބަޔާންކޮށްފައެވެ.

މިކަމާ ގުޅިގެން އަދި މި ފޯމުގެ ސައްހަކަމާ މެދު ސުވާލުކުރުމުން ވެމްކޯގެ މީޑިޔާ އޮފިސަރު މިކަމުގެ ހަގީގަތް ބަލާލުމަށް ފަހު އިޝާރާތެއް ކުރައްވާނެ ކަމަށް ވިދޅާުވެފައިވީ ނަމަވެސް އަދި މިކަމުގައި ވެމްކޯގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވެމްކޯގެ މެނޭޖުމަންޓަކީ އެއްކޮށް ކޮރަޕްޓުވެފައިވާ މެނޭޖުމަންޓެއް ހާމަކޮށް މުވައްޒަފަކު މަގާމުން ވަކިވެފައިވައިރު. ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލަކީ ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ސަރުކާރަށް ސަނާ ކިޔާ މި ސަރުކާރު ޕްރޮމޯޓުކުރާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved