theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ހަބަރު
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މި މަހުގެ 25 ދުވަހަށްވެސް ތާވަލްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
23 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް ކުރީ ސަރުކާރުން އެމަނިކުފާނާ ދެކޮޅަށް ދައުވާ އުފުލި، ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުން ހުރި ޝަރީއަތުގެ އަޑުއެހުމެއް 25 ސެޕްޓެމްބަރު 2025 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި އެ ދުވަހުގެ ޝަރީއަތް ކުރިއަށް ދާނީ ޚުލާސާ ބަޔާން އިއްވުން ކަމަށް މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވެފައިވާ ވިދާޅުވުމަށް ބަލާއިރު އަންދާޒާކޮށްލެވެއެވެ.

އެގޮތުން އެ މައްސަލަައިގައި ހެކި ބަސް ނެގުމަށް މެއި މަހުގެ 26 ވަނަ ދުވަހު އަޑު އެހުމެއް ބޭއްވުމަށް ފަހު ޖޫން މަހުވެސް އަޑު އެހުމެއް ބާއްވަން ނިންމި ނަމަވެސް ގުޅުން ހުރި ލިޔެކިޔުންތައް ދިފާޢުއަށް ނުލިބޭތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެން ވަނީ އަޑު އެހުން ފަސް ކުރެވިއެވެ.



މި މައްސަލައިގައު އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ހެކިން ހެކި ބަސްނެގުމުގެ މަރުހަލާއެވެ. އެ ދުވަހު ވަނީ ހެކިންގެ ހެކި ބަސް ނަގާ ނިންމާފައެވެ.


ފުއްގިރި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ އައު ހެކި ބަލައިގަތުމާ ގޮތެއް ނިންމުމަށް ބާއްވާ އަޑު އެހުމެއް ވެސް ސުޕްރީމު ކޯޓުގައި 29 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved