March 1, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަދީބުގެ ފައިލުން ހާމަވީ މައުލޫމާތުން މުއިއްޒަށް އިޖްތިމާޢީ ފޭރާމުގެ ފިލާވަޅު އެހެން މީހުންނަށް ދިނުމުގެ ޙުއްޖަތު އެބައޮތްބާ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2025, 09:00 PM
މާލެ ސިޓީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިލުން ހާމަވީ މައުލޫމާތުން ރައީސް ޑރ މުހައްމަދު މުއިއްޒަށް އިޖްތިމާޢީ ފޭރާމުގެ ފިލާވަޅު އެހެން މީހުންނަށް ދިނުމުގެ ޙުއްޖަތު އެބައޮތް ކަމާ މެދު ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޑރ ޖަމީލު މިފަދަ ސުވާލެއް އުފައްދާފައިަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވަނީ ތަހުޒީބީ ދުނިޔޭގައި ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަންތަކަށް ނޫނެކޭ ބުނާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔެއަށް މަޝްހޫރު ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރި ޕީޑޯ އެޕްސްޓީންގެ ފައިލުން އެތަައްބަޔަކު ފަޟީޙަތްވެއްޖެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޑަޗެސް ޔޯކު މިއަދު 7 ޗެރިޓީއަކުން ވަނީ ބޭރުކޮށްފައިކަން ވެސް ފާހަގަކުރައްވާފައެވެ.

ހަމަ އެފަދައިން އަދީބުގެ ފައިލުން ކޮރަޕްޝަންގެ ސުނާމީގެ އިތުރުން 16 އަދި 17 އަހަރުގެ އަންހެން ކުދިން އެކްސްޕްލޮއިޓްކޮށްފައި ހުރިކަން ފެންނަން ހުރި ކަމާ ބަދު އަޚުލާގީ އަމަލުތަކާ އެކު "ޕާޓީ" ކުރަން ވެސް ބަޔަކު ރޭވިކަން ހާމަވެފައިވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، އެފަ މީހުން މިއަދު ތިބި ހިސާބުން ރައީސް މުއިއްޒަށް އިޖްތިމާޢީ ފޭރާމުގެ ފިލާވަޅު އެހެން މީހުންނަށް ދިނުމުގެ ޙުއްޖަތު އެބައޮތް ކަމާ މެދު ސުވާލު އުފައްދާފައެވެ.

އެގޮތުން އެދުވަހުން ފެށިގެން މިއަދާ ހަމައަށް ދައުލަތުގެ ޕްރޮސެކިއުޝަންގެ ޒިންމާ ކބައިކަމާ މެދު ސުވާލު އުފައްދަވާ ޑރ ޖަމީލު ވަނީ ފުލުހުން ހިމެނޭގޮތަށް މުޅި ނިޒާމު މިކަންތައް ދޫކޮށްލީ ކީއްވެ ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ނައިބު ރައީސްގެ ފޯނަކުން ރިކަވަރ ކުރެވުނު 80 އެތައް ހާސް މެސެޖުތަކަކުން މިހާރު ދައުލަތުގެ އިސް މަގާމުތަކުގައާ މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުން ފަޟިީހަތްވާ ފަދަ މެސެޖުތަކެއް ވަނީ ހާމަވެފައިކަން ލިޔެ ކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ނައިބު ރައީސްގެ ފޯނަކުން ރިކަވަރ ކުރެވުނު 80 އެތައް ހާސް މެސެޖުތަކަކުން މިހާރު ދައުލަތުގެ އިސް މަގާމުތަކުގައާ މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުން ފަޟިީހަތްވާ ފަދަ މެސެޖުތަކެއް ވަނީ ހާމަވެފައިކަން ލިޔެ ކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved