theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ރައީސް އޮފިސް
ހަބަރު
ދީނުގައި ސާބިތުވެ ތިބުމަށާ، ފަލަސްތީނުގެ ހައްގުގައި ވަކާލަތު ކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފި
Mariyam Isaadha
މަރިޔަމް އިސާދާ
24 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މި ރާއްޖޭގެ އިގްތިސޯދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ވެސް ބިނާވެފައި އޮންނާނީ، އިސްލާމް ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށް ކަމަށާ، އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީ، އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިބިކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ އަގީދާ ބަލިކަށި ކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާކަމަށާ، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހޭލާންޖެހެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ މެސެޖުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަގީދާގައި އަދި އެދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ ރާއްޖެ އިސްލާމުވި ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަޑުމެންގެ ލޮބުވެތި އަޚުންނާ އިޚުތުން ފަލަސްތީނުގައި ތިބެ ތަހައްމަލު ކުރަމުންދާ ވޭނާ ކެކުޅުންމުން އެ އަޚުންނާ އުޚުތުން މިންޖު ކުރެއްވުމަށް އެދި ދުއާ ދެންނެވުމާ އެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ ފެންވަރުގައި ކޮންމެ ދިވެހި ފަރުދަކުވެސް ވަކާލާު ކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved