

10:33 ޝަރީއަތް ފެށިއްޖެ
10:35: މިއަދުގެ އަޑުއެހުމުގައި ތާވަލްކޮށްފައިވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން.
10:40: ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ދިފާއުއިން އެދިގެން ފުރުސަތު ދެއްވައިފި
10:41: ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަރީއަތަށާ ޕީޖީއަށް ދެ ކަމެއް ހުށަހަޅާފައިވާނެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރެއްވި.
10:41: މުހައްމަދު ރިޔާޒު ހާޒިރުކޮށް ބަޔާން ނެގުމަށާ، ފުއްގިރި މައްސަލައިގައި ދެން ދައުވާ ލިބުނު ކުރިކު ރިޒާގެ މައްސަލަ އަނބުރާ ފޮނުވާލި ފޮނުވާލުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުން.
10:43: މުހައްމަދު ރިޔާޒު ވަނީ ކުރިކު ރިޒާއަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ރިޝްވަތު ކަމަށް ބެލެވޭނެ ހުށަހެޅުމެއް ހުށަހަޅާފައިކަން ވެސް ވަކީލު ހަމްޒާ ފާހަގަކުރައްވާފައިވޭ.
10:46: ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު ވެސް ފާހަގަކުރެއްވީ އެއީ ދިފާއުވާ މީހާއަސް ލިބެން ޖެހޭ ހައްގެއް ކަމަށް.
10:50: ދައުލަތަށް ފުރުސަތު ދެއްވުމުން ޕީޖީއިން ބުނެފައިވަނީ އެ ހުށަހެޅުން ލިބިފައިވާ ކަމަށާ ނަމަވެސް އެކަންކަން ދިރާސާކޮށް ނިމި އަދި ލިޔުމުން ޖަވާބު ނުދެވޭ ކަމަށް ހާމަކޮށްފައިވޭ
10:53: ދައުލަތުން ބުނެފައިވަނީ ކުރިކުގެ ފަރާތުން އެ އޯޑިއޯ ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އަނެއް ޚަސްމު އެ ހެކި ހުށަނާޅާ ކަމަށާ އަދި އެގޮތުން އަނެއް ޚަސްމު އެ ހެކި ހުށަނާޅައިފި ނަމަ އެކަމަށް ރިއާޔަތްކުރުމަކީ އެއީ ގާނޫނީ އަސާސް އޮންނަ ކަމެއް ނޫން ކަމަށް ދައުލަތުން ބުނެފައިވޭ.
10:53: ނަމަވެސް ދައުލަތުން ބުނެފައިވަނީ ފަހުން ހާމަވި ހެކި ހުށަހެޅުމުގައި އެ ހެކި ހުށަހެޅުމަށް ފުރުސަތު އޮންނާތީ އެ ފުރުސަތު ދިފާއަށް އެ ފުރުސަތު ރިޔާސަތުން ދޭން ދައުލަތުގެ އުޒުރެއް ނެތް ކަމަށް.
10:55: އައު ހެކި ހުށަހަޅާ ދެ ފަރާތަށް ވެސް ފުރުސަތު ދީގެން ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިއުމަށް ދައުލަތުން އެދިފައިވޭ.
10:59: އަދުލުވެރި ތަހުގީގެއް ލިބި ޝަރީއަތް ނިންމަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދީބުއާ އެކު ހެދި އެއްބަސްވުން އުވާލާފައިވާއިރު، އެ ކޮލަބްރޭޓު ކުރާ އެއްޗެއް އޮތްތޯ ނެތްތޯ ބަލާ، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ނެގި ހެކި ބަހެއްގެ މައްޗަށް ބިނާކޮށް އަޅުގަޑުގެ މުޅި މައްސަލަ މި ކުރިއަށް ގެންދަނީ. އެ ކަމަށް ރިއާޔަތް ކޮށްދެއްވުމަށް ރިޔާސަތުގައި އެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި.
11:01 ހެއްކެއް ހުށަހަޅާކަށް ނޫންކަމަށް އެދުނީ އެދުނީ ދައުލަތަށް ލިބިފައިވާ އޯޑިއޯ ހެކި ހާމަކޮށްދިނުމަށް. ކުރި ރިޒާ ހާމަކުރި އެ އޯޑިއޯ ހެކި ސިއްރުކުރުމަށް އެދުނު. އެ ހެކި ލިބިފައިވަނީ ކޯޓަށާ ކުރިކަށް އަދި ދައުލަތަށް. އެހެންކަމުން އޭގެ ކޮޕީއެއް އެއްވެސް އިރަކު ދިފާއަށް ލިބިފައިނުވޭ. އެހެންކަމުން އެ އޯޑިއޯގެ އެސެސްމަންޓެއް ހަދާނެ ފުރުސަތު ނުލިބޭ ކަމަށް ވަކީލު ހަމްޒާ ވިދާޅުވި.
11:04: މުހައްމަދު ރިޔާޒުގެ ހެކި ބަސް ނަގަން ދައުލަތުން ދެކޭ ގޮތް ވެސް ބެލުމަށް ފަހު ގާޒީއާ ހަމައަށް އެ ހުށަހެޅުން އައުމުން އެކަން ކުރާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި. ނަމަވެސް މިއަދު އަޑު އެހުން ކުރިއަށް ގެންދާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކަމަށް ވެސް ގާޒީ ވިދާޅުވި.
11:09: ދިފާއުއިން އެދޭ ހުށަހެލުން ލިޔުމުން ހުށަހެޅުމަށް ގާޒީ އެދިވަޑައިގެންފި. އޭގެ ފަހުން އެކަމަށް ގޮތް ނިންމަން އަޑު އެހުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވެއްޖް
11:09: ލިޔުމުން ހުށަހަޅާފައިވާނެ ކަމަށް ރައީސް ޔާމީންގެ ވަކީލު ފާހަގަކުރެއްވި. އަދި ދައުލަތަށް އެ ލިޔުންތައް ރައްދުކޮށް ދިނުމަށާ ދައުލަތަށް ފެންނަ ގޮތް ލިޔުމުން ހުށަހެޅުމަށް ގާޒީ ވަނީ އެދިފައި.
11:10 ދެ ފަރާތުންވެސް އިތުރު ކަމެއް ފާހަގަކުރަން ނެތުމުން މިއަދު އަޑު އެހުން ގާޒީ ނިންމަވާލައްވައިފި.