theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން / ވީޑިއޯ ސްކްރީން ޝޮޓް
ހަބަރު
އޭސީޕީ މުހައްމަދު ރިޔާޒު ހާޒިރުކުރުމަށް އެދުމާ އެކު ރައީސް ޔާމީންގެ އިތުރު ހުށަހެޅުމެއް!
Mariyam Isaadha
މަރިޔަމް އިސާދާ
25 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތް ގަބޫލުކޮށް މަނީ ލޯންޑަރ ކުރިކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރުމަށާ އަދި އިތުރު ހުށަހެޅުމެއްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން މިފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައިވަނީ، ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލުން ވަނީ، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ،އެ މައްސަލާގެ ތަހުގީގުގައި، ރައީސް ޔާމީންއާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަން ހާމަވާ ފަދަ އޯޑިއޯއެއް ފެންމަތިވެފައިވާއިރު، އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށާ އަދި ހެކި ހާމަކޮށްދިނުމަށް ދައުލތަުގެ ކިބައިން އެދިފައިވެއެވެ.

މިއާ އެކު ގާޒީ ނަދީމު ދައުލަތަށް ފުުރުސަތު ދެއްވުމުން ދައުލަތު ބުނެފައިވަނީ، އެ ހުށަހެޅުން ލިބިފައިވާ ކަމަށާ ނަމަވެސް އެކަންކަން ދިރާސާކޮށް ނިމި އަދި ލިޔުމުން ޖަވާބު ނުދެވޭ ކަމަށެވެ. އަދި އެ އަޑުއެހުމުގައި އެކަމާ ގުޅިގެން ވާހަކަ ދެއްކިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާ އެގޮތުން ކުރިކުގެ ފަރާތުން އެ އޯޑިއޯ ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އަނެއް ޚަސްމު އެ ހެކި ހުށަނާޅާ ކަމަށާ އަދި އެގޮތުން އަނެއް ޚަސްމު އެ ހެކި ހުށަނާޅައިފި ނަމަ އެކަމަށް ރިއާޔަތްކުރުމަކީ އެއީ ގާނޫނީ އަސާސްގައި އޮންނަ ކަމެއް ނޫން ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނަމަވެސް ދައުލަތުން ބުނެފައިވަނީ ފަހުން ހާމަވި ހެކި ހުށަހެޅުމުގައި އެ ހެކި ހުށަހެޅުމަށް ފުރުސަތު އޮންނާތީ އެ ފުރުސަތު ދިފާއަށް އެ ފުރުސަތު ރިޔާސަތުން ދޭން ދައުލަތުގެ އުޒުރެއް ނެތް ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވަނީ ހެއްކެއް ހުށަހަޅަން ރައީސް ޔާމީންގެ ފަރާތްޕުޅުން ނޭދޭ ކަމަށާ އެދުނީ ދައުލަތަށް ލިބިފައިވާ އޯޑިއޯ ހެކި ހާމަކޮށްދިނުމަށެވެ.

އެގޮތުން ކުރި ރިޒާ ހާމަކުރި އެ އޯޑިއޯ ހެކި ސިއްރުކުރުމަށް ޝަރީއަތުގެ މަރުހަލާގައި އެދިފައިވާތީއާ އެ ހެކި ލިބިފައިވަނީ ކޯޓަށާ ކުރިކަށް އަދި ދައުލަތަށްކަމަށްވުމުން އޭގެ ކޮޕީއެއް އެއްވެސް އިރަކު ދިފާއަށް ލިބިފައިނުވާތީ އެ އޯޑިއޯގެ އެސެސްމަންޓެއް ހަދާނެ ފުރުސަތު ދިފާއަށް ނުލިބޭ ކަންވެސް ރައީސް ޔާމީންގެ ވަކީލު ފާހަގަކުރައްވާފައިވެއެވެ.

މުހައްމަދު ރިޔާޒުގެ ހެކި ބަސް ނަގަން ދައުލަތުން ދެކޭ ގޮތް ވެސް ބެލުމަށް ފަހު ގާޒީއާ ހަމައަށް އެ ހުށަހެޅުން އައުމުން އެކަން ކުރާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ. ނަމަވެސް މިއަދު އަޑު އެހުން ކުރިއަށް ގެންދާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އެ އެދުމާ އެކު ގާޒީ ނަދީމް ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށް ފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށެވެ. އެހެންކަމުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، ގާޒީ ނަދީމް ވަނީ އަޑުއެހުން ނިންމާލައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved