theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންއަށް ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދު ބޮޑު: ޑރ ޖަމީލު / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
ރައީސް ޔާމީންއަށް ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދު ބޮޑު: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
25 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް ކުރިއަށް ގެންދާ ވ.އާރަށުގެ މައްސަލައިގައި ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ޗެނަލް 13 އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޑރ ޖަމީލު ވިދާޅުވީ ފުއްގިރި މައްސަލަ ކުރިއަށް ގެންދާއިރު، މައްސަލައިގައި މިހާރު ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ ރިޝްވަތުގެ ދައުވާ ފުރަތަމަ އޮތީ ކްރައިމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މަނީ ލޯންޑަރއަށް ވާސިލްވި ޕްރޮސީޑްސް އޮފް ކްރައިމް، ނުވަތަ މީގެ ކުރިން ހިނގި މަނީލޯންޑަރއަށް ބޭނުންކުރި ފައިސާ އައީ، ވާގިއުވި ޕްރިޑިކޭޓު އޮފެންސަކީ، ރިޝްވަތު ކަމަށްބުނާއިރު، ރިޝްވަތު ހިފަން މެދުވެރި ފަރާތް މިހާރު އޮތީ މައްސަލައިން އެއްފަރާތް ކޮށްފައި ކަމަށެވެ.

އެހެންކަމުން ސަބަބުވެރި އިންސާނެއްގެ ވިސްނުން ވިސްނާމަ، އިންސާފުވެރި އަދުލުވެރި ޝަރީއަތަކަށް ވާސިލްވުމަށް ބަލާކަމުގައި ވަނީ ނަަމަ ކޯޓެއްގެ ތެރެއިން އެ މައްސަލަ ވިތުސްޓޭންޑު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން މި މައްސަލައިގެ ޝަރީއަތުގެ ތެރެއިން ބަރީއަ ވާނެކަމުގެ އުއްމީދު ﷲގެ އިރާދަފުޅުން އެބައޮތް ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ދެ ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށާ އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ކުރިކު ރިޒާއަށް އަންގާ އެގޮތަށް އަމަލުކޮށްފި ނަމަ ރިޝްވަތު ލިބޭނެކަމަށް ވާހަކަ ދެއްކި އޭސީޕީ މުހައްމަދު ރިޔާޒު ހާޒިރުކުރުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved