

އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަަލައިގައި ޝަރީއަތް ނިންމަންވާނީ އަދުލުވެރި ތަހުގީގެއް ލިބިފައިވޭތޯ ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގައި ބޭއްވި އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ މަނިކުފާނަށް ދައުވާ ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިގެން، އޭނާއަށް ލުއިތަކެއް ދީގެން ކަމަށްވެފައުި މިހާރު އެ އެއްބަސްވުންވެސް އުވާލާފައިވުމާ އެކު އެ ކޮލަބްރޭޓު ކުރާ އެއްޗެއް އޮތްތޯ ނެތްތޯ ބަލާ އިންސާފުވެރި ނިންމެވުމެއް ނިންމަވާ ދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
އަދީބުއާ އެކު ހެދި އެއްބަސްވުން އުވާލާފައިވާއިރު، އެ ކޮލަބްރޭޓު ކުރާ އެއްޗެއް އޮތްތޯ ނެތްތޯ ބަލާ، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ނެގި ހެކި ބަހެއްގެ މައްޗަށް ބިނާކޮށް އަޅުގަޑުގެ މުޅި މައްސަލަ މި ކުރިއަށް ގެންދަނީ. އެ ކަމަށް ރިއާޔަތް ކޮށްދެއްވުމަށް ރިޔާސަތުގައި ވަރަށް އަދަބުވެރި ކަމާއެކު އެދެން.
ބުރާސްފަތި ދުވަހުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އޭސީޕީ މުހައްމަދު ރިޔާޒު ޝަރީއަތަށް ހާޒިރުކުރުމަށާ ދައުލަތުން ހެކި ހާމަކޮށްދިނުމަށް އެދިފައެވެ.