April 4, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ސީރިއަސް ރައީސްއެއް ނަމަ އަތޮޅުތެރެއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި ކުރަން މާ މުހިއްމު ކަންކަން ހުންނާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 26, 2025, 03:34 AM
މާލެ ސިޓީ

ގައުމުގައި ރައްޔިތުންނަށް ތެދު ނިޔަތާ އެކު ޚިދުމަތްކޮށްދިނުމުގެ އަޒުމުގައި ހުރި ސީރިއަސް ރައީސްއެއް ނަމަ އަތޮޅުތެރެއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި ކުރަން މާ މުހިއްމު ކަންކަން ހުންނާނެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުހައްމަދު މުއިއްޒު ދެފައި އެއްތާ ނުޖަހާ މިފަހަކަށް އައިސް ކުރައްވަމުން ގެންދަވާ ދަތުުރުތަކަށް އިޝާރާތްކުރައްވާ އެއީ ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމުގެ ނިޔަތުގައި ކުރާކަމެއް ނޫން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވި އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް ރަގަޅަށް މައުލޫމާތު އެނގިވަޑައިނުގެން ހުންނަވާ ދަތުރުކުރައްވާ ކަމަށާ ތ. ވިލުފުށިން ފެނިގެން ދިޔައީ އެ މަންޒަރު ކަމަށެވެ. އަދި ވިލިފުށީ ކައުންސިލްގެ ރައީސްގެ ވާހަކަތަކުން މި ސަރުކާރުން ރައްޔިތުންނާ ގާތުން އަޑު އެހުމަށް ކަމަށް ބުނެ ރަށްތަކަށް ޒިޔާރާތްކުރަމުންދާއިރު 18 މަސް ވެގެން ދިޔައިރުވެސް އެރަށުގައި މަސައްކަތްކުރިއަށް ނުދާކަން ފާހަގަކުރެއްވިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އޭގެން އެނގެނީ ރައްޔިތުންނާ ގާތަށް ގޮސްގެންވެސް ރައްޔިތުންގެ އަޑު ސަރުކާރަކަށާ ރައީސަށް ވެސް ނުއިވޭ ކަން ކަމަށާ އަދި ރައީސަކީ ރައްޔިތުންނަށް ތެދުވެރި ނިޔަތަކާ އެކު ޚިދުމަތްކޮށްދިނުމުގެ އަޒުމުގެ ހުންނަވާ ރައީސެއް ނަމަ އެ ދަތުރުތައް ކުރަން ވަގުތުވެސް ނޯންނާނެ ކަމަށާ އަދި އެއަށް ވުރެ ކުރަން މާ ސިރިއަސް މަސައްކަތް ރައީސުލްޖުމްހޫރިއްޔާއާ ގާނޫނުން މަތިކޮށްފައި ހުންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ގެންދަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްެތެރިވަމުން ކަމަށާ އެކަން ވަރަށް ގާތުން ރައްޔިތުން ބަލަން ތިބި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved