April 4, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ރައީސް މުއިއްޒަށް ކެރޭނެތޯ މޭޔަރު މުއިއްޒު ގެއަށް ކަނޑާލާށޭ ބުނަން؟: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 26, 2025, 07:02 PM
މާލެ ސިޓީ

މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ސިޓީ ކައުންސިލްގެ އެއްވެސް އޮޑިޓެއް ކޮށްފައިނުވާ ކަމަށާއި ގާނޫނާއި އެއްގޮތް ނޫން ބައިވަރު ކަންތަައްތައް ހިނގާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ މިއީ ސުވާލު އުފައްދަން ޖެހޭ ކަންކަން ކަމަށާއި މިހާރުގެ މޭޔަރު އާދަމް އާޒިމްވެސް ސިޓީ ކައުންސިލް އޮޑިޓް ކުރައްވަން ނޫޅޭ ކަމަށެވެ.

ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގައި އެ އިދާރާގައި މައްސަލަތައް ހުރިކަން ބައެއް ކައުންސިލަރުން ވިދާޅުވި ނަމަވެސް އެ އިދާރާގެ ފުރިހަމަ އޮޑިޓެއް ހިންގަން އެ ބޭފުޅުން ބޭނުންނުވާ ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުން ބޭނުންވެގެން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން އާދަމް އާޒިމްވެސް ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކަވާއިރު ސިޓީ ކައުންސިލްގެ ތެރެއިން ހިނގާފައިވާ ކޮރަަޕްޝަނާއި ވައްކަމުގެ ވާހަކަތައް ނުދައްކަނީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މީޑިއާ ބިލާއި ގުޅޭ ގޮތުން އާޒިމްވެސް އަޅުގަނޑުމެން ދައްކަވާ ވާހަކަތައް އެބަ ދައްކަވާ އެކަމަކު ކީއްވެތޯ ސިޓީ ކައުންސިލްގެ ތެރެއިން ހިންގަވާފައި ހުރި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ނުދައްކަނީ

ރައީސް ޔާމީން ސުވާލުއުފެއްދެވިއެވެ.

މިއާއި އެކު، ގްރީން ބިލްޑިންގ އަނދާ ހުލިކޮށްލީ ކީއްވެކަންވެސް ސާފުކޮށް ނުދެއްވާ ކަމަށާއި މިފަދަ ސިއްރު އެގޭ އެތަކެއް މައުލޫމާތުތައް އާންމުންނާއި ހިއްސާނުކުރާއި މިފަދަ ކަންކަން ސާބިތު ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މި ކޮރަޕްޝަނާއި ފައިސާގެ ވައްކަމުގެ މުއާމަލާތްތައް ސާބިތު ކުރުމަށް ހުރި ލިޔެކިޔުންތައް އަލިފާނުގެ ހާދިސާގައި އަންދާލާފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މޭޔަރު މުއިއްޒު ކުރައްވާފައިވާ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ރައީސް މުއިއްޒަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved