March 1, 2026
Advertisement
އަދީބު ފައިލްސް ލީކުކޮށްލީ ފުލުހުންގެ ތެރެއިން، ރައީސް މުއިއްޒަށް ކެހި ދޭން: ރައީސް ޔާމީން
އަދީބު ފައިލްސް ލީކުކޮށްލީ ފުލުހުންގެ ތެރެއިން، ރައީސް މުއިއްޒަށް ކެހި ދޭން: ރައީސް ޔާމީން / މިރަރ

އަދީބު ފައިލްސް ލީކުކޮށްލީ ފުލުހުންގެ ތެރެއިން، ރައީސް މުއިއްޒަށް ކެހި ދޭން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 27, 2025, 10:50 PM
މާލެ ސިޓީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ޗެޓްލޮގުތައް ލީކުކޮށްލީ ފުލުހުންގެ ތެރެއިން ކަމަށް ތުހުމަތު ކުރައްވާ، އެއީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ކެއްސެއް ދޭން ކުރި ކަމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑިޔާ ކޮންޓްރޯލު ބިލެއް ގާނޫނަކަށް ހަދާ ތަސްދީގުކުރީ ސަރުކާރާ ގުޅުން ހުރި އެފަދަ ކޮަރަޕްޝަންގެ ވާހަކަތައް ތިލަވެދާނެތީ ކަމަށާ ކަމަށާ ފިތުރަތު ނިންމުން އެކަކަށްވެސް ބަދަލު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ ސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށް އަދީބުގެ ޗެޓްލޮގުން ހާމަވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ހެޑްލައިންގައި އޮތްއިރު އެ ހާމަކޮށްދެނީ ވަރަށް ވަރުގަދަ ވާހަކަތަކެއް ކަމަށާ މީޑިޔާ މިނިވަންވާން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ފަދަ ބޭފުޅުންނަށް އެ ޗެޓުލޮގުތަކުގެ ތަދްސީލުތައް ދޮގު ނުކުރެވޭ ސަބަބާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވަނީ، ވެރިކަމަށް ވަޑައިގަންނަވާއިރު އެމްއެމްޕީއާރުސީގެ މި ހުރިހާ ވާހަކަތައް ނުކުންނާނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒަށް އެނގިވަޑައިގަންނަވާނެ ވެރިކަމަށް ވަޑައިގެންނެވިއިރު އަދީބުގެ ފޯނުގައި ހުރި ޗެޓްލޮގާއި އަދީބުގެ ފޯނުގެ ހުރިހާ އެއްޗެއް ޕޮލިސްގައި އޮންނާނެކަން އެނގިވަޑައިގަންނަވާ. އަދި، މިވަގުތު ޕޮލިސްގެ އިންޓެލް ޗީފަކަށް އެހެރީ މުއިއްޒު އަނބިކަނބަލުންގެ ތިމާގެ މީހެއް ވަރަށް ގާތް މީހެއް. ހަމަ ޔަގީން ކަށަވަރު މީތި ލީކުކޮށްގެން އުޅެނީ ޕޮލިސްގެ އިންޓެލްގެ ތެރެއިން ކޮންމެ ވެސް މީހަކު. އެއީ ހަމަ މުއިއްޒަށް ކެހިދޭންވެގެން ކުރާ ކަމެއް އެއީ އެނގޭތޯ. މި ކަމަކުން އަދީބަށް ލިބޭނެ ގެއްލުމެއް ނެތް.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގުކުރަން ކެރުނީ ހަަމަ އެކަނި އެމަނިކުފާނުގެ ސަރުކާރުގައި ކަން ފާހަގަކުރައްވާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުވެސް އަދި ރައީސް މުއިއްޒުގެ ސަރުކާރުވެސް އޮތީ އެ މައްސަަލަގައި ކޮމްޕްރޮމައިޒްވެފައި ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved