March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 28, 2025, 12:25 AM
މާލެ ސިޓީ

ނޮވެމްބަރުން މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުނއ ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އޮސްޓްރޭލިއާގެ އޯޝަން ޖިއޮގްރަފިކް މެގަޒިންގެ އެޑިޓަރުން އޮންލައިން ޕެޓިޝަނެއްގައި ސޮއި ހޯދަން ފަށައިފި އެވެ.

Advertisement

ރައީސް މުއިއްޒު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައިވާތީ އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ރައީސް މުއިއްޒަށް ފޮނުވަން ސޮއިކުރަމުން އަންނަ އެ ޕެޓިޝަނަށް، ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރަމުން ގެންދަވާ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލް ހިމެނެ އެވެ.

އެ ޕެޓިޝަނުގައި ފާހަގަކުރާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.

މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.

އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕެޓިޝަނަށް ތާއީދުކުރައްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved