

އެކި ވައްތަރުގެ މުދާ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ މި ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ، 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ލިލީ ފިހާރައިގެ ގިނަ މުދަލަށް ގެއްލުންވެ، ފުރާޅުން ބައެއް ވެއްޓިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.