March 1, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި: ރައީސް ޔާމީން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Sep 28, 2025, 04:28 PM
މާލެ ސިޓީ

ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި މި ހުރިހާ އެންމެންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު ހިންގާ ވަރު ވެރިން ރާއްޖެއަށް އަންނަން ވާނެ ކަމަށެވެ.

ރައްޔިތުން ތިބީ ކެތްމަދުވެފައި. މި ހުރިހާ އެންމެންނާ ގާނޫނު އަރާ ހަމަކުރާނެ، ގާނޫނު ހިންގާނެ. ގާނޫނު ހިންގާ ވަރު ވެރިން ރާއްޖެއަށް އަންނަން ވާނެ. ދިވެހި ރައްޔިތުންނަށް އެންމެ ކުޑަމިނުން އެވަރު ޑިޒާވްވޭ

ރައީސް ޔާމީން

މިހާރުގެ ވެރިންނާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބުއާއި ނުހައްގު މުއާމަލާތް ކުރި ގިނަ ޗެޓް ލޮގްތަކެއް މިފަހުން ވަނީ ލީކް ވެފަ އެވެ. އެ ފޮރިންސިކް ލޮގްތަކުން ފެންނަ ގޮތުން މި ސަރުކާރުގެ ގިނަ ވެރިން ވަނީ އަދީބުއަތުން ފައިސާ އަށް އެދިފަ އެވެ. އޭގެ ތެރޭގައި މުއިޒުގެ ކެބިނެޓް މިނިސްޓަރުން ހިމެނޭހެން މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވެސް ހިމެނެ އެވެ.

ރައީސް މުއިއްޒު، މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ގާނޫނަކަށް ހެއްދެވީ މި ވާހަކަތައް ނުކުމެދާނެތީ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ ފިތުރަތުގެ ނިންމުންތަކާ ދެކޮޅަކަށް ނުދެވޭނެ ކަމަށާއި އަދީބުގެ ޗެޓްލޮގް މިހާރު އޮތީ އެއްކޮށް ލީކުވެފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved