theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
މުއިއްޒު، ސޯލިހު އަދި އާޒިމް ވަނީ ގުޅި ލާމެހިފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
29 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔ ޑރ މުހައްމަދު މުއިއްޒާ، ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއަކީ ގުޅި ލާމެހިފައިވާ ތިން ބޭފުޅުންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުން ނޫމަޑި މައްސަލައިގެ ހުކުމް ތަންފީޒުނުކުރި ހިސާބުން ގޮސް މިއަދު ކުރީގެ ސަރުކާރުގެ ވައްކަމާ ކޮރަޕްޝަންގެ މައްސަލަ ނުބަލާ ހިސާބަށް ނަޒަރު ހިންގާލުމުން ވެސް މިއީ ގުޅިގެން ކުރިއަސް ދާ ބައެއްކަން އެނގޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އޮޑިޓެއްވެސް މިހާރުގެ މޭޔަރަށްވެސް ހަދަން ނުކެރޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވި، ބައެއް މައްސަލަތަކުން ރެކެން މީހުން ކަންކުރާ ގޮތުން ވެސް އެ މީހުންގެ މައްޗަށް ރައްޔިތުންގެ ދަރުބާރުގައި ކުށް ސާބިތުވާ ކަމަށެވެ. އެ ގޮތުން، ސިޓީ ކައުންސިލްގައި ހުރި މައްސަލަތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި، ކައުންސިލްގައި ތިއްބެވި ޕީއެންސީ މެންބަރުން ކޯރަމް ހަމަނުކުރާތީ އެމަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ރައީސް ޔާމީްނ ވިދާޅުވީ، މިއީ ގުޅިގެން ކޮރަޕްޝަން ހިންގާ ބައެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved