March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އަޅުގަނޑުގެ ދައުރުގައި ތަމްރީނުކުރި 67 ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންގެ ބޮންޑް އެމްޑީޕީ ސަރުކާރުން އުވާލި: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 29, 2025, 10:44 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަމްރީނުކުރި 67 ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންގެ ބޮންޑް އެމްޑީޕީން ވެރިކަމާއި ހަވާލުވި ގޮތަށް އުވާލި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

މިހާރުގެ ރައީސް އަތޮޅުތެރެއަށް ވަޑައިގެން އެކި ސަރަހައްދުތަކުގައި އެއާޕޯޓާއި، ހޮސްޕިޓަލްތަކާއި އަދި އެހެނިހެން އިދާރާތައް ގާއިމުކުރައްވާނެ ކަމަށް ރައްޔިތުންނަށް ވަމުންދާ ވައުދުތަކަށް އަލިއަޅުވާލައްވާ ރައީސް ޔާމީން ވިދާޅުވީ ތަންތަން ބިނާކުރަން ވައުދުވާއިރު އެތަންތަނުގައި ރަނގަޅު ފަންނީ ވަސީލަތްތަކާއި މީހުން ތަމްރީނު ކުރުމަށް ފުރުސަތުތައް ނެތުމަކީ ދައުލަތުގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރުން ކަމުގައެވެ.

ދައުލަތުގެ ފައިސާ ހޭދަކުރައްވައިގެން ތަމްރީނު ކުރާ މީހުން ބޮންޑް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި 67 ސްޕަރސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރެއްވީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މަދުވެގެން އެއް ޑޮކްޓަރެއް ފޮނުވުމަށް ކަމަށާއި އެއާއި އެކުގައި ޓެލެ މެޑިސިންވެސް ތައާރަފު ކުރެއްވި ކަމަށެވެ.

އަޅުގަނޑުމެން ތަމްރީން ކުރިން 67 ސުޕަރސްޕެޝަލިސްޓުން އިގޭތޯ. އެކަމަކު އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައި ގޮތަށް އެ އެންމެންގެ ބޮންޑް އުވާލީ. މިހާރު ސާވިސްގަ ނެތޭ މީގެ ތެރެއިން އެންމެ 10 މީހުންވެސް

ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް މީގެ ތެރެއިން މިހާރު 10 ވަރަކަށް މީހުން ނެތްކަން އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ސަރުކާރުން ކުރަން ޖެހޭ ކަމަކީ ދައުލަތުން ޚަރަދުކޮށްގެން އެކި ދާއިރާތަކަށް ސްޕެޝަލިސްޓުން ތަމްރީނުކޮށް ގައުމުގެ އެި ދާއިރާތަކުގެ ހާލަތު ރަނގަޅުކޮށް ތަމްރީނު ކުރެވޭ ބޭފުޅުން ގައުމުގައި ތިއްބަވައިގެން މަސައްކަތްކޮށް ގައުމުގެ އިގްތިސާދަށް ރަނގަޅުވާނެ މަގު ކޮށައިދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ދަރީން ތަމްރީން ކުރުމަށް ހޭދަ ކުރާނެ ފައިސާއެއް ގައުމުގައި މިހާރު ނެތް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގައުމަށް ޚިދުމަތްކުރުމަށް ދިވެހި ދަރީން ތަމްރީންކޮށް އެމީހުން ރީޓެއިން ކުރުމަށް ސިޔާސަތުތަކެއް ގާއިމުކުރުމަށް ސަރުކާރުން ވިސްނަން ޖެހޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved