

ކާޑެެއް ބޭނުން ކޮށްގެން އާރްޓީއެލް ބަސްތަކުން ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ، އެމްޓީސީސީގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
މީގެ ކުރިންވެސް އެމްޓީސިސީ ގެ ނަމުގައި މިފަދަސްކޭމްތަކެއް ހިންގާފައި ވެއެވެ.
އެހެންކަމުން އެފަދަ ޕޯސްޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދި އެކުންފުނިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، " މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު " ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ސްމާޓް ކާޑަކަށް 35.58ރ.ގެ ފީއެއް ދެއްކުމުން އާރުޓީއެލް ބަސްތަކުގައި 6 މަހަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާ ކަމަށެވެ.
މިކަމާއި ގުޅުގެން އެމްޓީސީސީ އިން ބުނެފައި ފައިވަނީ އެ ފޭސްބުކް ޕޭޖަކީ އެމްޓީސީސީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި އެ ޕޭޖުން ޕްރޮމޯޓު ކޮއްފައި އެވާ ކަމަކީ އަދި އެ ކުންފުންޏާ އެއްވެސް ގުޅުމެެއް އޮތް ކަންތައްތަކެއް ނޫން ކަމަށެވެ.
ކަސްޓަމަރުންނާ ގުޅުން ހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާ ނަމަ ނުވަތަ ކުރިއަށް ގެންދާ ނަމަ އެ މައުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށް އެމްޓީސީސީ އިން ބުނެފައި ވެއެވެ.
އަދި މިފަދަ ގޮތްނޭގޭ ޕޭޖު ތަކުން އާއްމުކުރާ އެއްވެސް ކަހަލަ ލިންކަކަށް ނުފިތުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.