

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2.ރ ބަހަން ފާސްކޮށްފި އެވެ.
މި ގޮތަށް ފާސްކުރީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވިއިރު މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.5 ޕަސެންޓްގެ ވޯޓުންނެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.
އާމްދަނީގެ ތެރެއިން 79.8 ޕަސެންޓަކީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން އާމްދަނީ އެވެ. އެއީ އޭގެ ކުރީ 2023 ވަނަ އަހަރާ އަޅާބަލާއިރު %33ގެ ދަށްވުމެކެވެ.
އެމްޓީސީސީން ބުނީ ކުންފުނީގެ އާމްދަނީ ދަށްވީ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ދާއިރާ އިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އެ ދާއިރާ އިން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވާކަން އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހޯދަނީ އެ ދާއިރާއިންނެވެ.