March 16, 2026
Advertisement
,
, / ސޯޝަލް މީޑިއާ

ކާބޯތަކެތީގެ ޚިދުމަތްދޭ ގިނަ ތަންތަން ބަލައި 70 ތަނެއް ބަންދުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 3, 2025, 07:47 AM

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިންގި އިންސްޕެކްޝަންގައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން 70 ތަނެއް ބަންދުކޮށްފިއެވެ.

Advertisement

މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅުގައި ހިންގަމުން އަންނަ ކާބޯތަކެތީގެ ޚިދުމަތްދޭ 1،010 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް، އެމްއެފްޑީއޭން ބުނެފައިވެއެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިންގި އޮޕަރޭޝަންގައި ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވުމުން އައުނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން ރަޖިސްޓްރީނުކުރާ ތަންތަން ހިމެނޭ ކަމަށް، އެމްއެފްޑީއޭން ބުނެފައިވެއެވެ.

އެމްއެފްޑީއޭން ބުނީ، އެ ތަންތަނުގެ ތެރެއިން 70 ތަނެއް އެ މުއްދަތުގައި ބަންދުކުރި ކަމަށެވެ. އޭގެ ތެރެއިން ހުއްދަ އާ ކުރުމަށާއި ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅާފައިވާތީ 27 ތަނަކަށް އަލުން ހުއްދަ ދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved