April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޒަރިޔަންދުގެ ޚިޔާލު ތަފާތު: ކައުންސިލަށް ހޮވުމަކީ މިނިސްޓަރަކަށް ވުމެއް ނޫން!

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 08:25 AM

"ކައުންސިލަށް ހޮވުމަކީ މިނިސްޓަރަކަށް ވުމެއް ނޫން" ކަމަށާއި، ކައުންސިލްގެ އަސްލު ބޭނުމަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުން ކަމަށް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

"ޓޯކްސް ވިތު ޒަރިޔަންދު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ކައުންސިލްގެ ގޮނޑިއަކީ އިއްޒަތާއި ލަގަބު ހޯދަން އޮންނަ ތަނެއް ނޫން ކަމަށެވެ.

އޭނާގެ ނަޒަރުގައި ކައުންސިލަރުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުން ތިބި ތަނަކަށް ގޮސް، އެމީހުންގެ އިހުސާސްތައް ދަނެގެން ޚިދުމަތް ފޯރުކޮށްދިނުމެވެ. "ބަލަންވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެވޭތޯ،" ޒަރިޔަންދު ފާހަގަކުރިއެވެ.

މީގެ ކުރިންވެސް ކައުންސިލްގެ ޒިންމާތަކާ ބެހޭގޮތުން ވަކާލާތުކޮށްފައިވާ ޒަރިޔަންދު ވިދާޅުވީ ކައުންސިލަކީ ހަމައެކަނި އިދާރީ އޮފީހަކަށް ވެގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން މާލޭގެ ކަންކަން ބެލެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

ޒަރިޔަންދުގެ ވާހަކައިން އެނގިގެންދިޔައީ އޭނާ މޭޔަރުކަމަށް ކުރިމަތިލަނީ ސިޔާސީ ބާރަކަށް ވުރެ ބޮޑަށް، އިޚްލާސްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved