March 19, 2026
Advertisement
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު / ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް އަވަސްކުރުމަށް އޭސީސީއަށް އަންގައިފި

Yana Shareef
ޔާނާ ޝަރީފް
Oct 3, 2025, 08:05 AM

ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.

Advertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިކަން އަންގާފައިވަނީ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެންނެވެ. އަދި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ސަމާލުކަމެއް ދޭ މައްސަލައެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލަ ތަޙުޤީޤުކޮށް ދަޢުވާކުރުމުގައި 24 ގަޑިއިރު އޭސީސީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު ފަރުދުންގެ ބައި ތަޙުޤީޤުކުރުމަށް ފުލުހުންނާއި އޭސީސީ ގުޅިގެން މަސައްކަތްކުރުމަށްވެސް އަންގާފައިވެއެވެ.

އަދި މި މައްސަލައިގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved