theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މި ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގާފައިވޭ! / ސޯޝަލް މީޑިއާ
ހަބަރު
މި ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގާފައިވޭ!
05 އޮކްޓޯބަރު 2025
މާލެ ސިޓީ

ކުރީ ސަރުކާރުގައި ފެނަކައިގެ ތެރެއިން ބޮޑެތި ވައްކަމާ ކޮރަޕްޝާން ހިންގާފައިވާ ކަމަށް ބުނެ އަޑު ހަރުކުރަމުންދާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގާފައިވާކަން ހާމަވެއްޖެއެވެ.

އެގޮތުން ރައީސް މުއިއްޒު ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތާއި ކަރަޕްޝަން ހިންގާފައިވާ ގޮތުގެ ތަފްސީލުތައް ކަމަށް ބުނެ ރިޕޯޓެއް ވަނީ ދާދި ފަހުން ސޯޝަލް މީޑިޔާގައި ލީކުކޮށްލާފައެވެ.

އެ ރިޕޯޓުން ފެންނަން އޮތް ގޮތުގައި، 1446 ވަނަ އަހަރުގެ ރަމަޟާން 2025 ވަނަ އަހަރުގެ ހޫނު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން "ކޮންމެހެން ވެސް ބޭނުންވާ" ކަމަށްވާ 46 ޖަނަރޭޓަރު ހޯދުމަށް ފެނަކައިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކޮށްފައެވެ. އެ އިއުލާނު އަގު ބޮޑު ވުމާއެކު ބާތިލު ކުރުމަށް ފަހު ދެވަނަ އިއުލާނެއް ކުރިކަމަށް ވެސް ރިޕޯޓުން ފެންނަން އޮވެއެވެ.

ނަމަވެސް ބިޑު ކާމިޔާބު ކުރި ފަރާތައް މަސައްކަތް ހަވާލު ކުރަން ނިންމުމަށްފަހު އެއްވެސް ސަބަބަކާ ނުލައި 12 ޖެނުއަރީ 2025 ގައި ބިޑު ކެންސަލް ކުރި ކަމަށް 78 ސަފްހާގެ ރިޕޯޓުގައިވެއެވެ.

އޭގެ ފަހުން އިންޑިއާގެ އިންޖީނު އެސެމްބްލް ކުރާ ޕަވަރިކާ ނަމަކަށް ކިޔާ ކުންފުންޏަކަށް 27 ޖެނުއަރީ 2025 ގައި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ސަޕްލަޔަރެއްގެ ޚަރަދުގައި ދަތުރެއް ކުރައްވާ، އެއްވެސް މަޝްވަރާ އެއް ނެތި 46 ޖެނެރޭޓަރުގެ އަދަދު 24އަށް ކުޑަ ކުރި ކަމަށް ބުނެފައިވެއެވެ.

އެއަށް ފަހު ދެން އިމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން މި 24 ޖަނަރޭޓަރު ގަތުމަށް ކުއްލި ގޮތަކަށް ނިންމި ކަމަށާ އެކަން ކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ކަމަށް ރިޕޯޓުގައިވެއެވެ.

ކުންފުނިން އަމަލު ކުރަމުންދާ އުސޫލުތަކާ ޚިލާފަށް ޗީފް ރިސޯސް އޮފިސަރު 24 ޖެންސެޓް އިމަރޖެންސީ ކޮށް ގަތުމަށް ރިކުއެސްޓް ފޮނުވުމަށް އޮޕަރޭޝަންސް ސާވިސް ޑިޕާޓްމަންޓުގެ ވެރިޔާ އަހްމަދު އިބްރާހިމް އަށް އެންގީ އީމެއިލްގެ ޒަރީއާ އިން އިންޑިއާގެ ދަތުރުގައި ހުރެ ކަމަށް ރިޕޯޓުގައި ވެއެވެ.

އޯޕަން ޓެންޑަރ އާ ޚިލާފަށް މި 24 ޖެނެރޭޓަރު ގަތުމަށް އަގު ހުށަހެޅުމަށް ދައުވަތު ފޮނުވީ މަދު ބަޔަކަށެވެ.

މަދު ބަޔަކަށް ފޮނުވި އިރު އޭގެ ތެރެއިން 3 ސަޕްލަޔަރުންނަކީ އެއްބައެއްގެ މަސްލަހަތު ހިމެނޭ ކުންފުނިތަކެއް ކަމަށް ލީކު ކޮށްލައިފައިވާ އިންޓަރނަލް އޮޑިޓް ގައިވެއެވެ.

ޓެކްނިކަލް ކޮމިޓީން މި 3 ކުންފުނިން ހުށަހެޅި ޑޮކިއުމެންޓްތަކުގައި މައްސަލަ ހުރި ކަމަށާއި އެފަރާތުން ސަޕްލައި ކުރުމަށް ހުށަހަޅާފައިވާ ޖެނަރޭޓަރު ތަކުގެ ސްޕެސިފިކޭޝަން ކުންފުނީގެ ރިކުއަރމަންޓް ތަކަށް ނުފެތޭ ކަމަށް ފާހަގަ ކޮށްފައިވަނިކޮށް ޓެކްނިކަލް ކޮމިޓީއަށް ނުފޫޒު ފޯރުވާ "ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާރިފް ކޮމިޓީގެ މެމްބަރުންނަށް ބިރު ދައްކައިގެން،" އެވޯޑް ކުރަން ނިންމި ކަމަށް ރިޕޯޓުގައިވެއެވެ.

މި އިވެލުއޭޝަންގައި ގިނަ ޖެނަރޭޓަރު ތައް ކާމިޔާބު ކުރީ އަލްފާ އެނާޖީ ސޮލިއުޝަން ކުންފުނިން ކަމަށާއި، އެހެން ނަމަވެސް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް މެނޭޖިންގ ޑިރެކްޓަރަށް ނެތް ބާރެއް ބޭނުން ކޮށްގެން އިވެކުއޭޝަން ކްރައިޓީރިއާ އަށް ބަދަލު ގެންނަ މެމޯއެއް ނެރެ އަލުން ބިޑް އިވެލުއޭޓް ކުރުމަށް ކޮމިޓީ އަށް ދެވަނަ ފަހަރަށް ފޮނުވި ކަމަށް ރިޕޯޓުގައިވެއެވެ.


ރިޕޯޓުގައި ބުނެފައިވަނީ އިވެލުއޭޝަން ކްރައިޓީރިއާ ބަދަލު ގެންނަން ޖެހުނު ސަބަބަކީ ޓެކްނިކަލް އިވެލުއޭޝަން ގައި ނުފޫޒު ބޭނުން ކޮށްގެން ފާސް ކުރުވި، އެއް ބައެއްގެ މަސްލަހަތު އޮންނަ 3 ކުންފުނީގެ ތެރެއިން ކުންފުންޏަކަށް ބިޑު އެވޯޑް ކުރުމަށް ކަމަށެވެ.

މެމޯ ފޮނުވާ ކޮމިޓީއަށް ނުފޫޒު ފޯރުވާ ބިރުދައްކައިގެން މެމޯގައި ބަޔާން ކޮށްފައިވާ ކްރައިޓީރިއާގެ މައްޗަށް ބިޑު އިވެލުއޭޓް ކުރުވުމުން ހުރިހާ ޖެނެރޭޓަރެއް ކާމިޔާބު ކުރީ އެއް ބައެއްގެ މަސްލަހަތު ހިމެނޭ 3 ކުންފުނިން ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޕްރޮކިއުމެންޓް ޕޮލިސީއާ ޚިލާފަށް އިވެލުއޭޝަން ކްރައިޓީރިއާއަށް ނުފޫޒު ފޯރުވައިގެން ބަދަލު ގެނެސް ވަކި ބަޔަކަށް މަސައްކަތް އެވޯޑު ކޮށްގެންވެސް "މިއަދާ ހަމައަށް ވެސް ހުރިހާ ޖެންސެޓް ތަކެއް ސަޕްލައިކޮށްދީފައި ނުވާ ކަމަށެވެ.

އެ ގޮތުން 25 ދުވަހުގެ ތެރޭގައި ސަޕްލައި ކުރުމަށް ހަވާލު ކުރި މަސައްކަތް 3 މަސް ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ސަޕްލައި ކުރެވިފައި ނުވާ ކަން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ސަޕްލައި ކުރި މަދު ޖެންސެޓް ތަކަކީ ކުރިން ބޭނުން ކޮށްފައިވާ ބައު ޖެންސެޓް ތަކެއް ކަމަށް ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ހެދި ފިޒިކަލް އިންސްޕެކްޝަންތަކުން ފެންނަ އޮތް ކަމަށެވެ.

މި ކަމުގެ ސަބަބުން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ހޫނު މޫސުމަށް ތައްޔާރު ނުވެވި ގިނަ ރައްތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިއީ ކުރީ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން އާ ވައްކަން ހިންގާފައިވާ ކަމަށް ބުނެ އަޑު ގަދަ ކުރަމުން އަންނަ ޕީއެންސީގެ ހިނގަ ހިނގާ އޮތް ސަރުކާރުގެ ދައުރު ދެބައި ނުވަނީސް ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު އަމަލެކެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved