March 24, 2026
Advertisement
ޕީއެންސީގެ ދިދަ ފަތިތަކާ ހުރެ އާންމުންނަށް އުނދަގުލަކަށްވެއްޖެ
ޕީއެންސީގެ ދިދަ ފަތިތަކާ ހުރެ އާންމުންނަށް އުނދަގުލަކަށްވެއްޖެ / ތޭރަގްރެފިކްސް

ޕީއެންސީގެ ދިދަ ފަތިތަކާ ހުރެ އާންމުންނަށް އުނދަގުލަކަށްވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2026, 04:38 PM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލޭގެ ބައެއް މަގުތަކުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއިން ދަމާފައި ހުރި ދިދަފަތިތަކާ ހުރެ އާންމު ދަތުރުފަތުރުތަކަށް ދަތިވެއްޖެއެވެ.

Advertisement

މީސް މީޑިޔާގައި ދައުުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ދިދަ ފަތިތައް ދޫވެގެން މަގުތައް މައްޗަށް ފައިބަމުންދާތީ މަގުން ދުއްވާ އަދި ހިނގާ އުޅޭ މީހުންގެ ކަރުގައި އެފަތިތތައް އަޅައިގަތުން ފަދަ ނުރައްކާތެރި ހާދިސާތައް ވެސް ހިނގަމުންނެވެ. އާންމުންގެ މީހުން ވަނީ އެ ދިދަފަތި ބައެއް ހިސާބުތަކުން ނަގަންވެސް ނަގާފައެވެ.

މިއީ އާންމު ރައްޔިތުންނަށް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ކުރާ ޖެއްސުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

މަގުތަކުގައި ބެނަރ އަދި ޕޯސްޓަރު ޖެހުމާ ދިދަފަތި ދެމުމަކީ އޮންނަ އުސޫލުތަކުގެ ތެރެއިން ވަކި ހުއްދައެއްގެ ދަށުން ކުރަން ޖެހޭ ކަމެއް ނަމަވެސް ސިޔާސީ އެހެން ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ޕީއެންސީއިން ދަނީ އެ ޕާޓީއިން ހިތަށް އެރިގޮތަށް ހިތަށް އެރި ހިސާބުތަކުގައި ކެމްޕެއިންގެ ބެނަރތައް ދެމުމާ ޕޯސްޓަރު ޖެހުން ކުރިއަށް ގެންދަމުންނެވެ. އަދި ދިދަ ފަތިތައްވެސް މިހާރު ދަމާފައި ހުރި ގޮތުން އާންމުނަށް މިވަނީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.

ދާދި ފަހުްނ ތޮއިބާ މިސްކިތް ސަރަހައްދުގައި ހުރި ގަސްކާނާ ގުދަނުގައި ރޯވިރޭވެސް ފަޔަރ ލޮރީއަށް އެމަގުން ދާން ވެސް ޕީއެންސީގެ ބެނަރތައް ދަމާފައި ހުރި ގޮތުން އުނދަގުވީ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

މިފަދަ ކަންކަމާހުރެ ގިނަ ބަޔަކު ބުނަމުންދަނީ މިއަދު ޕީއެންސީގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved