
13 މާރިޗު 2026 ވަނަ ދުވަހު ރާއްޖޭގައި ދޫނިތަކެއް ނުކުމެ ވަރަށް ވަރުގަދަ ސައިކަލު ބުރެއް ޖަހައިފިޔޯލައެވެ. ފިތި ބާރުވެގެން ގޮސް ސައިކަލުތައް ކުރިއަށް ނުކެނޑިޔޯ ބުނާ އަޑުވެސް އިވުނެވެ. ނަމަވެސް ޖޯރު ނެތް ބައެއް ވެރިން ނުދުއްވޭވަރުގެ ބޮޑެތި ސައިކަލުތަކަށް އަރައިގެން ސައިކަލު ބުރުގެ ފްލޯ ހުއްޓި އެމްބިއުލަސަށް މަގުން ތަން ނުލިބުނޭ ބުނަން ނުކެރުނީއެވެ.
ކޮންމެ އަކަސް މި ސައިކަލު ބުރެއް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލިކަމަށް ސަރުޚާރުގެ "އަޅު" ނޫސްތަކުން ބުނެ ހެޑްލައިން ހެދިއިރު އެންމެ އަޖައިބުވީ ކަމަކީ މި ސައިކަލު ބުުރުގައި ގާނޫނުތަން ނުދޭ ސައިކަލުތައް ވެރިންގެ ގޮތުގައި ތިބި މައި ބައެއް ދޫނިތައް ބޭނުންކުރިއިރުވެސް އެކަން "އަޅު" ނޫސްތަކުން ހާމަކުރަން ނުކެރުމެވެ.
ބޮޑު މައި ދޫނި ގޮތުގައި މާލެއަށް ނެރެފައި ހުރި ދޫނ ދުއްވަން އިނީ ދައުލަތުގެ ހަރު މުދަލެކެވެ. މޯލްޑީވަސް ކަސްޓަމްސް ސާވިސްގެ ނަން މަތީ އޮތް ބޮޑު ބިޔަ ސައިލަށް އަރާ އިން ބޮޑަށް ވައްތަރީ ދޫންޏަކަށް ވުރެ އިގުއާނާއަކީ ކަމަށްވެސް ބައެއް މިހުން ބުނެފައިވެއެވެ.
ކޮންެމެ އަކަސް A0C6799 ނަމްބަރު ޕްލެޓު ޖަހައިގެން ސައިކަލަށް އަރާ މޫސަ އިންނެވިއިރު އެ ނަމްބަރަކީ 2014 ގައި ހަމަ އެ މޮޑެލުގެ ކުރިގެ ސައިކަލަށް ރަޖިސްޓްރީ ކޮށްީފައިވާ ނަމްރެއްވެސް މެއެވެ. އަރާ ފަރިވެ ފޮޅިފައި ސައިކަލު މަތީގައި އިންނެވިއިރު 1300 ސީސީގެ އެ ސައިކަލަކީ އަހަރީ ފީ ވެސް 2022 ވަނަ އަހަރުން ފެށިގެން ހަމަވެ ފީވެސް ނުދައްކާ ހުރި ސައިކަލެވެ.
މިއީ މޫސަ ދޫނި އަރާ އިން ސައިކަލުގެ ވާހަކައެވެ.
ދެން އޮތީ ޕީއެންސީގެ ޕީޖީ ޅީޑަރު ފަލާހު ދޫނި އަރާ އިން ސައިކަލުގެ ވާހަކައެވެ. ނަމްބަރު ޕްލެޓު އިނީ ގާނޫނުގައި ބަޔާން ކުރާ ވަރާ ގާތުންވެސް ނުދެވޭހާ ޚިލާފަށެވެ. ޑިފެންސް މިނިސްޓްރީގެ ސްޓޭޓޫ މުއާޒު ހަލީމު އިނީ ސައިކަލު ބުރުގެ ތެރެއިން ފޯނު ކަންފަތުގައި ޖަހައިގެން ސައިކަލު ދުއްވަންށެވެ.
މިއީ ސަރުކާރު ތަމްސީލު ކުރާ ޕާޓީއިން ދޫނިތައް ނުކުމެ ޖެހި ސައިކަލު ބުުރުން ފެނިގެން ދިޔަ ގާނޫނާ ގަވާއިދާ ޚިލާފު ކަންކަމުގެ ކުޑަ މިންވަރެކެވެ. މި ސައިކަލު ބުރުގައި ޓްރެފިކު ބަލަހައްޓަން ފުލުހުންވެސް ތިބިއިރު މިއީ ވަކި ބަޔަކަށް ބަކި ގޮތެއް ހަދާކަމުގެ ހެކި ކަމަށް ބުނެވިދާނެއެވެ.
ވެހިކަލް ރަޖިސްޓްރީ ކުރަމުންދަނީ އެއް މިނިސްޓްރީ އަކުންކަން ފާހަގަކޮށް ބައެއް މީހުން ބުނީ އާއްމު ރައްޔިތުންގެ ކަންކަމުގައި ވަރަށް ބޮޑަށް އަނިޔާވެރިވާއިރު،، ރާއްޖެއަށް ރަޖިސްޓްރީ ކޮށްފައި ހުންނަ އުޅަނދުގެ ޒޯނު ގޯސްވެގެން ބަހައްޓާފައި ހުއްޓާ އެތައް ބައެއްގެ އުޅަނދުތަކެއް ފުނޑައިގެން މިސަރުކާރުން ޓޯ ކުރަމުންދާއިރު ދޫނިތަކެއް ނުކުމެ ޖެހި އެ ސައިކަލު ބުރުގައި ހުރި ގާނޫނާ ޚިލާފު ސައިކަލުތައް ޓޯނުކުރީ ކީއްވެބާއެވެ؟ ނުވީތާކަށް ހާމަކަން ބޮޑުކޮށް ދައުލަތުގެ މުދަލެއް ސިޔާސީ ބޭނުމަށް، އިންތިހާބަކާ ދިމާކޮށް ބޭނުންކުރުމުން އެއީ ދައުލަތުގެ މުދާ ސިޔާސީ ކަންކަމަށް ނަހަމަ ގޮތުގައި ބޭނުންކުރުން ނޫން ކަމަށް ނުވާނެއެވެ.
އެހެންކަމުން ބޮޑެތި ދޫނިތަކެއް ނުކުމެ މި ދެއްކީ ހުތުރު ނަމޫނާއެއްތާއެވެ. މި ބުނަނީ ވެރިންގެ ވެރިކަން ތިން ބާރޯ ޖަލު ކުޑަގޮޅި ރައްޔިތުންގެ އެކަނި އިން ފާރޯއޭ ބާއެވެ؟










