March 14, 2026
Advertisement
ގާނޫނު ޕީއެންސީގެ މަައްޗަކަށް ނުހިނގާ: ޑރ ޖަމީލު
ގާނޫނު ޕީއެންސީގެ މަައްޗަކަށް ނުހިނގާ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ގާނޫނު ޕީއެންސީގެ މަައްޗަކަށް ނުހިނގާ: ޑރ ޖަމީލު

Mar 14, 2026, 04:27 PM
މާލެ ސިޓީ

ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔަކަށް ވާން ޖެހޭއިރު މި ސަރުކާރުގައި އެމަގުން ކަންކަން ނުހިނގާތީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުުރހުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލުގެ ނުރުހުން އަމާޒުކުރެއްވީ ޕީއެންސީއިން ބޭއްވި ސައިކަލް ބުުރުގައި ބޭނުން ކުރި ބައެއް ސައިކަލުތައް ގަވާއިދަށް ނުފެތޭއިރުވެސް އެއިން ކަމަކަށް ފިޔަވަޅު ނާޅާ ސައިކަލު ބުރުގައި އެ ސައިކަލުތައް ބައިވެރިކުރުމުން އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދާޅުވީ އެފަދަ ކަންކަމުން ފެންނަމުން ދަނީ،  ޕީއެންސީއަށް ނޫނެކޭ ބުނަންޖެހޭ ސާފު ސަބަބުތައް ކަމަށެވެ. ގާނޫނު ޕީއެންސީގެ މީހުންގެ މައްޗަށް މިހާރު ނުހިނގާ ކަމަށާ ގާނޫނަކީ ނިކަމެތިންނަށް އޮންނަ އެއްޗަކަށް އެކަނި މިހާރުވެފައިވާ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު އެ ސައިކަލް ބުރުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީ ޓިކެޓުގައި ނުކުމެ ހުރި މޫސާ އަލީލު ޖަލީލު ދުއްވަން އިނީ އަހަރީ ފީ ވެސް ހަމަވެ ފީ ނުދައްކާ ހުރި ދައުލަތުގެ ސައިކަލެއްކަމަށްވެއެވެ. މުސަ ދުއްވަން އިން ސައިކަލްގެ ރަޖިސްޓްރީ އޮތީ ކަސްޓަމްސް ނަން މަތީގައި ކަމަށާ އެ ސައިކަލްގައި ޖަހާފައި އިން ނަމްބަރު ޕްލޭޓަކީ  2014 ވަނަ އަހަރުގެ މާ ކުރީގެ މޮޑެލްއަކަށް ރެޖިސްޓްރީކޮށްފައި އިން ނަންބަރެއް ކަމަށް ވެސް ވެއެވެ.

މީގެ އިތުރުން އެ ސައިކަލް ބުރުގައި ޕީއެންސީގެ ޕީޖީ ޅީޑަރު އިބްރާހިމު ފަލާހު ދުއްވަން އިން ސައިކަލަކީ ވެސް ގަވާއިދަށް ނުފެތޭ ގޮތަށް ނަމްބަރު ޕްލޭޓު ހަރުކޮށްފައިވާ ސައިކަލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved