

ދިވެހިރާއްޖޭގައި އޮންނަ ވާނުވާ ބަންދު އުވާލަން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމީލު ގޮވާލައްވައިފިއެވެ.
މަލީހު މި ފަދައިން ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ވަގުތު ވާނުވާ ބަންދުގައި ހުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާންގެ ފޮޓޯަކާ އެކު މަލީހު ވަނީ ރިޔާސީ އިންތިހާބުގެ ވައުދާ އެއް ގޮތަށް ވާނުވާ ބަންދު އުވާލާ ޒުވާން ދަރިންނަށް އަނިޔާ ކުރުން ހުއްޓަލުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ތާ އަބަދު ވެރިކަމުގައި ނުހުންނާނެކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
Vaanuvaa nimumakah gennaashey. Dhivehi dharinnah aniyaa nukurumah Muizz ah govaalan. Thaa abadhu Muizz verikamuga nuhunnaane. pic.twitter.com/Hj8X9i7XjE
— Mohamed Maleeh Jamal (@maleehjamal) October 5, 2025
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ވާނުވާ ބަންދު އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް ވެރިކަމަށް ދެ އަހަރުވާން ގާތްވެފައިވާއިރުވެސް އަދިވެސް އެ ބަންދު އުވާނުލައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ތުހުމަތަކަށް އެމަނިކުފާނުގެ ސަރުކާރުގައި ބަންދު ކުރާ މީހަކު ބެހެއްޓޭނީ 48 ގަޑިއިރަށެވެ.