March 17, 2026
Advertisement
.
. / ރައްޔިތުންގެ މަޖިލިސް

ލޫޓުވާލި މުޒާހަރާގައި ބައިވެރިވި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ފަލާހު ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Oct 6, 2025, 06:21 PM

ލޫޓޫވާލި މުޒާހަރާގައި ބައިވެރިވި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

Advertisement

މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ކެންދޫ ދާއިރާގެ މެންބަރު ބެރިކޭޑެއް ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށެވެ.

އެފަދަ ކަންކަން ކޮށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިކަންކަން ކުރުމަށް ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރަން ޖެހޭ ކަމަށާއި އެހެން ނުހަދައިފިނަމަ ގައުމަށް އަމާންކަމެއް ނާންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ މުޒާހަރާ ކުރީ ވަރަށް ނުބައި ރޭވުންތަކެއް ރާވައިގެން ކަމަށް ވެސް ފަލާހު ތުހުމަތުކުރި އެވެ. އެހެންނަމަވެސް، އެކަންކަމަށް ފުލުހުންނާއި ސިފައިން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތް ކަމަށް ފަލާހު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ވަނީ "ލޫޓުވައިިފި" ގެ ނަމުގައި ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފައެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރި އެ މުޒާހަރާގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާ ވެރިން ބައިވެރިވެފައިވާތީ ގިނަ ބަޔަކު ވަނީ އެމްޑީޕީއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved