theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަބްދުއްރަހީމު ރިޔާސަތުގައި އިންނަވާ ވަނީ މައްސަލަ ބޭރުކޮށްލާފައި / ދަ ޓައިމްސް އޮފް އައްޑޫ
ހަބަރު
އެލްއާރުޑީއޭ ބޭނުންކުރި ކުރުމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
06 އޮކްޓޯބަރު 2025
މާލެ ސިޓީ

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއަށް ހުރަސްއަޅައި، ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ފުލުހުން މި ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ކުރި އަސަރު ހާމަކޮށްފައިވެ އެވެ. އޭގެތެރޭގައި މުޒާހަރާގެ ބައިވެރިންނާއި އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކާއި ސިއްހީ ގެއްލުންތައް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވިއިރު، އެ މައްސަލަ ބޭރުކޮށްލަން ޕީއެންސީގެ 40 މެންބަރަކު ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ސުލްހަވެރި އެއްވުމަށް ހުރަސް އަޅައި އެ އެއްވުމުގެ ސުލްހަވެރިކަން ނަގާލުމަށް ޓަކައި ފުލުހުން މެދުވެރިކޮށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ އެއްވެސް އިންޒާރެއް ދިނުމެއްނެތިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެލްއާރުއޭޑީގެ ސަބަބުން އަޑުއިވުމުގެ ހިއްސަށާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމާއި، އަޑުއިވުމުގެ ހިއްސަށް ގެއްލުން ލިބި، ކަންފަތް ބީރުވާނެކަމަށް ބޭރުގެ ބައެއް ސިއްހީ ޖަމްއިއްޔާތަކުން ބުނެފައިވާކަން ވެސް މެންބަރު މީކާއީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުން އެލްއާރުއޭޑީ ބޭނުންކުރިއިރު، އެ ބޭނުންކުރާނެ ގޮތް އާންމުކޮށްފައިނުވާކަން ފާހަގަކުރައްވައި، އެބޭނުންކުރީ ގާނޫނާ ޚިލާފަށްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގަދަ އަޑުގެ ސަބަބުން ކަންފަތަށް ގުޑުން އަރައި، ރިންގިން އަޑެއް އިވިއިވި ހުރުމާއި ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި ނަފުސާނީ އެތައް ގެއްލުމެއް ވެސް ލިބެ އެވެ. އެ ރޭ އެތަނުގައި ތިބި ގިނަ ބަޔަކު ވަނީ މިފަދަ ކަންކަން ދިމާވި ކަމަށް ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved