ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާހާ ގިނަ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު މި ގައުމުން އަދި ނުދެކޭ ކަމަށް ވިދާޅުވެ މުއިއްޒަށް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ތައުރީފް ކުރައްވައިފި އެވެ.
އދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުއްޓަަށް މިއަދު ހަވީރު ވަޑައިގެންފައިވެއެވެ.
ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.
މި ސަރުކާރު އައި ފަހުން ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ހުރެ ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އޭނާ ވެސް ހިންގެވި ކަމަށެވެ.
ދޮށީ މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދިން މީހެއްގެ ހައިސިއްޔަތުން، އެފަދަ މަސައްކަތްތައް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން، 2008 ވަނަ އަހަރު ގާނޫނުއަސާސީ ބަދަލުވި ފަހުން ރައީސް [މުއިއްޒު] ވެރިކަމާ ހަވާލުވުމާ ހަމައަށް އަޅުގަނޑު ނުދެކެން މިހާރު މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާއި އަޒުމާއެކީ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދިޔަ އެއްވެސް ވެރިކަމެއް
މިފަހުންވެސް ގާސިމްގެ ކުންފުނި ކަމަށްވާ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.
އެހެންކަމުން، ގާސިމު މިވަރަށް މުއިއްޒަށް ތައުރީފުކުރައްވާނީ ބަދަލަށް ކޮން އެއްޗެއް މިފަހަރު ދޭތީތޯ ސުވާލުއުފެދެއެވެ.