theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
ސަރުކާރުން ފަށަން އުޅޭ "ރެސްޕެކްޓް" ކެމްޕޭނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރަސްމީކޮށް އިފްތިތާހްކޮށްފައިވާ ގައުމީ ކެމްޕޭނެއް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 އޮކްޓޯބަރު 2025
މާލެ ސިޓީ

އިހްތިރާމް އަދާކުރުމުގެ ނަމުގައި ގައުމީ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ނިންމާ ސަރުކާރުން އެކަން އިއުލާންކޮށްފައިވާއިރު މި ކެމްޕެއިންގ އަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒަޢާމަތުގައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރު ރަސްމީކޮށް އިފްތިތާޙްކޮށްފައިވާ ޕްރޮގްރާމެކެވެ.

މިގޮތުން ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ރެސްޕެކްޓް" މަޝްރޫއު ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ވަނީ 2015 އަހަރު ޑިސެމްވަރު މަހުގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅު ވިއްކައިގެން ވެރިކަމަށް ވަޑައިގެން އެމަނިކުފާނަށް ހެޔޮއެދޭ މީހެއް ކަމަށް ދިވެހި ރައްޔިތުންނަށް ދައްކައިގެން ވެރިކަމުގެ ގޮނޑި ކާމިޔާބުކުރައްވާ މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ކުރެއްވި މަޝްރޫއުތައްވެސް ހަމަ އެގޮތަށް ކޮޕީ ކުރައްވަމުންނެވެ.

މިއާއިއެކު އަމިއްލަފުޅަށް ސަރުކާރު ހިންގަވަން ނޭގޭ ކަމަށާއި އަމިއްލަ އުފެންދުންތެރި މަޝްރޫއުތައް ހިންގަވާން ނޭގޭ ކަމަށް ބުނެ ރައީސް މުއިއްޒަށް ގިނަ ބަޔެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

-

މިފަދަ ކަންކަމުންވެސް ހާމަވެގެންދަނީ ރައީސް މުއިއްޒަކީ ވެރިކަން ކުރުމަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމެވެ. އެހެން މީހުންގެ ސިކުނޑިން ވިސްނާ އަމިއްލަ އުފެއްދުންތެރިކަމެއް ނެތް އިރުގައި ކިޔެވި ޕީއެޗްޑީގެވެސް އެއްވެސް ބޭނުމެއް ނެތް ކަމެވެ.

އަންނަ އަހަރު މި ސަރުކާރުން މި މަޝްރޫއު އަނެއްކާވެސް ފެއްޓެވުމަށް އިއުލާން ކުރެއްވުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ ރައީސް މުއިއްޒަށް ވަރުގަދަ ބަހުގެ ހަމަލާއެއް އަމާޒުކޮށްފައެވެ. މިގޮތުން ކުރ ތިމާއަށް ހެޔޮ ކަމެއް ކޮން ދިން މީހަކަށް ބަދަލުގައި ތެޔޮ ހަމެއް ދިން މީހަކަށް ދެއްކޭނީ އިހުތިރާމުގެ ކޮން ވާހަކައެއް ތޯ އައްސަވާ ޕޯސްޓްކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved