

ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރީގެ ވަޒީރުން އެ ކޮމިޝަނަށް ޙާޒިރުވާނަ އަންގާ ކުރަމުން ދަނީ ޕޮލިޓިކަލް ވިޗު ހަންޓެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ޓާގެޓުކޮށް ކުއްލިއަކަށް އޭސީސީއިން ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށުމުން އެކަމަށް އިޝާރާތްކުރައްވާ ޑރޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންއަށް ސެލެޓިވް ޖަސްޓިސެއް އެމަނިކުފާނަށް އަމާޒުކޮށް ހިންގެވި ކަމަށާ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިންގެ ފެނިގެން ދަނީ އެކަންކަން ތަކުރާރުވަމުންދާ މަންޒަރު ކަމަށެވެ.
ބުޚާރީގައި އައިސްފައި ޙަދީޘެއް ނަކަލް ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ވަނީ، އަނިޔާލިބޭ މީހާގެ ދުޢާއަށް ބިރުވެތި ވުމަށް އަންގަވާފައިވާ ކަމަށާ، އެހެނީ އެދުޢާ އާ الله ތަޢާލާއާ ދެމެދު އެއްވެސް ފަރުދާއެއް ނުވާތީ ކަމަށެވެ.
އެހެންކަމުން ބާރުގެ މަސްތުގައި އަނެކާއަށް ބިރު ދައްކަން، އަނިޔާވެރިކަމުން މޮޅުހޯދަން މިފަދަ ދަށު ދަރަޖައިގެ ކަންކަން ކުރަމުްނދާއިރު އޭގެ ސަބަބުން ދެރަ ލިބޭ ެ އަޅާގެ ދުއާއާ މެދު ފަރުވާތެރިވާން ޖެހޭނެކަން ޑރ ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ވަކި ވަކި ބަޔަކަށް ޓާގެޓުކޮށް މައްސަލަތަކެއް ބަލަން ފަށާފައިވާއިރު، މިއަދު ރައީސް މުއިއްޒު އަރިހުގައި، ފަޒުލް، މުއާޒު، ވަޖީހު، ބޯފަން އަބްދުﷲ އަދި މާލީ ވަޒީރު ޒަމީރުވެސް ހިމެނޭހެން އެތައް ވަޒީރުންގެ އިތުރުން އެމްއޭސީއެލް، އެޗްޑީސީ، އެމްޓީސީސީގެ މައްޗަށް ސީރިއަސް ތުހުމަތުތައް ހުރިއިރު އެކަންތައްތައް ބެލޭތޯ ޑރ ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.
އެހެންކަމުން ސާފުކޮށް ފެންނަ މަންޒަރުން އޭސީސީ މިއަދު އެކުރަނީ ޕޮލިޓިކަލް ވިޗްހަންޓެއް ކަމަށާ މިއަދުވެސް ގައުމުން މިފަދަ ކަންކަމުން ފެންނަނީ އިބުރަތްތައް ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
ހަމައެހެންމެ މާދަމާ ރައީސް މުއިއްޒާ އެކުވެރިންނާ އޭސީސީގެ ރައީސް ޝާމިލުއާ އަނިޔާ ލިބޭ މީހާގެ ދުޢާގެ ދަށުވެ ކަރުނައަޅާ ރޯނެކަމީ ޔަގީންކަމެއްކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ބާރުގެ ވެރި ފަރާތަކީ ޚާލިގުވަންތަ الله އެކަނި ކަމާ އެެހެންކަމުން އެދުވަހުވެސް އަދި މިއަދުވެސް އެއްވެސް ޖެހިލުމެއް ވާކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ބުޚާރީގައި އައިސްފައި ޙަދީޘެއްގައި ވަނީ’ އަނިޔާލިބޭ މީހާގެ ދުޢާއަށް ބިރުވެތި ވުމަށް، އެހެނީ އެދުޢާއާ الله ތަޢާލާއާ ދެމެދު އެއްވެސް ފަރުދާއެއް ނުވާކަމަށް ‘
— Mohamed Jameel Ahmed (@MJameelAhmed) October 10, 2025
އެދުވަހު ރ. އިބޫވެސް ސެލެކްޓިވްކޮށް ރ. ޔާމީނު ޕިކްކުރީ. މިއަދު މުއިއްޒުވެސް ހަމަ އެބީދައިންކަން ކުރަނީ.
މިގޮތަށް ކޮންމެ… https://t.co/iH96RNCLlg
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، މި ސަރުކާރު ޒިންމާދާރު ކުރުވަން އެމްޑީޕީއިން އެކި ހަރަކާތްތައް ފަށާ ހިންގަމުން ދާއިރު، އެ ޕާޓީގެ އެކި ވެރިންނަށް ބިރު ދެއްކުމަށާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ހިންގާ ޖަރީމާތަކެއް ކަމަށް އެމްޑީޕީއިން ހާމަކޮށްފައިވެއެވެ.