March 16, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށްވުރެ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ހާލު ދެރަ: ސިޔާމް

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:38 PM

ރާއްޖޭގެ ތައުލީމީ ނިޒާމު އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށްވުރެެ ވެސް ދަށްކަމަށް ސަން ސިޔާމް ގްރޫޮޕްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ދާދި ފަހުން ޒުވާނަކާއެކު ކުރިޔަށްގެންދިޔަ ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު އޮތް ހާލަތު ދަށްކަމަށް ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރަކު ވެސް ތައުލީމަށް ހަރަދު ކުރާއިރު އޭގެ ނަތީޖާއަކީ ސުމެއްކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވެސް ރާއްޖެ އަކީ އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށް ވުރެ ވެސް ތައުލީމު ދަށް ގައުމެއްކަމަށް ފާހަގަކޮށްފައިވާކަން ސިޔާމް ޕޮޑްކާސްޓްގައި ވިދާޅުވިއެވެ.

އެހެންކަމުން މުޅި ނިޒާމު އެއްކޮށް ބަދަލު ކުރަންޖެހޭކަމަށް ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ފޮތުން ކިޔެވުން ހުއްޓާލުމަށްފަހު ބޮޑަށް ޕްރެކްޓިކަލަށް ސަމާލުކަން ދިނުން މުހިންމުކަމަށެވެ.

ޕޮޑްކާސްޓްުގައި ސިޔާމް ވަނީ އޭނާ އުމުރުން 14 އަހަރުގައި ދުވާލަކު 500 ޑޮލަރު ހޯދާކަމަށް ވެސް ފާހަގަކުރައްވާފައެވެ. ސްކޫލް ނިމުމަށްފަހު ވަޒީފާއަށް ދިޔަކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މިއަދު ސިޔާމަކީ ރާއްޖޭގައި ހުރި އެންމެ މުއްސަަނދި އެއް ވިޔަފާރިވެރިޔާއެވެ. ސިޔާމަކީ މަޖިލިސް މެމްބަރެެއްްގެ އިތުރުން އެމްޑީއޭ ގެ ރައީސްއެވެ.

މި ސަރުކާރަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއިދުކުރި ނަމަވެސް އެމްޑީއޭ އިން މިހާރު އަންނަނީ ސަރުކާރުން ކުރާ ނޭދެވޭކަންކަން ފާހަގަކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved