theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލީހުގެ ޖަލްސާއެއްގައި ސިޔާމް ވާހަކަ ދައްކަވަނީ / ރައްޔިތުންގެ މަޖިލިސް
ހަބަރު
ރާއްޖޭގެ ތައުލީމު ސިސްޓަމް ބަދަލުކުރަން ޖެހޭ: ސަން ސިޔާމް
Mariyam Isaadha
މަރިޔަމް އިސާދާ
13 އޮކްޓޯބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމް އޮތީ ބަދަލުކޮށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަމަށް ސަން ޓްރެވެލްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

22 ބިލިއަން ރުފިޔާ އާ 30 ބިލިއަން ރުފިޔާއާ ދޭތެރޭގައި ފާއިތުވި 50 ހަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ނިޒާމަށް ޚަރަދުކުރި ނަމަވެސް އެދެވިގެންވާ ނަތީޖާ ދަރިވަރުންގެ ކިބައިން ނުފެންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވި ގޮތުގައި އޭގެ ސަބަބެއް ކަމަށްވަނީ ފޮތުގެ ދެލި ގަނޑު އެކަނި ދަރިވަރުން ލައްވާ ދަސްކުރުވުމެވެ. ސިޔާމް ދެކިލައްވާ ގޮތުގައި ދަރިވަރުންނަށް ފޮތުގެ ދެލި ގަނޑަށް ވުރެ މުހިއްމީ އަމަލީ ގޮތުން އެ ކިޔަވާ އެއްޗެއްގެ ބޭނުން ހިފުމެވެ. ދަރިވަރުން އަމަލީ ގޮތުން ތަރުޖިބާ ހޯދުމަކީ ތައުލިމީ ހަޔާތް ނިމިގެން ދާއިރު ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ، އޭނާއަށް ޓުއަރިޒަމް ވިޔަފާރީގެ ތެރެއަށް ވަދެވުނުއިރު ކިޔވުމާއެކު އޭނާ ދިޔައި ވަޒީފާ އަދާކޮށް ދުވާލަކަށް 500 ޑޮލަރު ހޯދަމުން ކަމަށާ އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއަކަށް ވެގެން ދިއުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމު ވަޒަންކޮށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އޮތީ އެފްރިކާގެ އެންމެ ފަގީރު ހިސާބަށް ވުރެވެސް ދަށްކޮށް ކަމަށެވެ. އެހެންކަމުން އުފެއްދޭނެ އެއްޗަކާ މެދު ސުވާލު އުފައްދަވާ ސިޔާމް ވިދާޅުވީ، ކުޑައިރު ދަސްނުވި އެއްޗެއް ފަހުން ދަސްނުވާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved