March 16, 2026
Advertisement
 މެންބަރު އަހުމަދު ސިޔާމް މުހައްމަދު
މެންބަރު އަހުމަދު ސިޔާމް މުހައްމަދު / ރައްޔިތުންގެ މަޖިލިސް

ގައުމުގައި ކޮރަޕްޝަން އާންމުވެ ފިޔަވަޅު ނޭޅުމަކީ ގައުމިއްޔަތަށް އޮތް ބޮޑު ނުރައްކަލެއް: ސިޔާމް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 24, 2025, 06:34 PM
މާލެ ސިޓީ

ގައުމުގައި ކޮރަޕްޝަން އާންމުވެ ފިޔަވަޅު ނޭޅުމަކީ ގައުމިއްޔަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމީ ދުވަހާއި ގުޅިގެން ސިޔާމް ދެއްވި ޚިތާބެއްގައި ބުނެފައިވަނީ ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެ ކަމަކަށް މިއަދު ވެފައިވާ ކަމަށާއި ހިތާމައަކީ މިފަދަ އަމަލުތަކަށް ހައްގު ފިޔަވަޅުތަކާއި އަދަބު ގާނޫނާއި ގަވާއިދުގެ ދަށުން ނުދެވޭ ކަމެވެ.

ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދަވާފައިވާ ތަހުގީގީ އިދާރާތައްވެސް ފަސާދަ ވެފައިވާ ކަމަށް ސަިޔާމް ވިދާޅުވެފައިވާއިރު މިފަދަ އިދާރާތަކުން ގައުމީ ނުރައްކާ އޮތް މިފަދަ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަން ދޭތަނެއް ނުފެންނަ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން

ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދަށުގައި 15 އަހަރާއި ހަ މަސްދުވަސް ހޭދަކުރުމަށްފަހު، ދިވެހީންނަށް މިނިވަންކަން ލިބިފައިވާއިރު މި މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުން އަދުގެ ޒުވާނުން ތެދުވާންވެއްޖެ ކަމަށް ސިޔާމް ވަނީ ގޮވާލާފައެވެ.

މިއަދުގެ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަތައް ހުއްޓުވާ ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތު އަބުރާ ގެނައުމަށް ހުރިހާ ދިވެހިން އެއް ބަޔެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved