theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
, / ރައީސް އޮފިސް
ވިޔަފާރި
ރާއްޖެ އިގްތިޞާދީ ގޮތުން އަނދަވަޅެއްގައި, އަންނަ އަހަރު ސުކޫކު ޕޭމަންޓު ދެއްކުމުގައި ހަމަ އެއްވެސް ކަންބޮޑުވުމެއް ނެތްތޯ⸮
Yana Shareef
ޔާނާ ޝަރީފް
14 އޮކްޓޯބަރު 2025

2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު ކަންބޮޑުވާންޖެހޭކަން އެންމެނަށް ވެސް ސާފެވެ.

ދަރަންޏާ ގުޅޭގޮތުން ރައީސް މުއިއްޒު ކިތަންމެ ބައިސާ ކަނޑާފައި ވާހަަކަ ދެއްކިޔަސް ރާއްޖެއަށް ދަރަނި ދެއްކުމަށް މުއްދަތު ޗައިނާ އަދި އިންޑިއާއިން ވެސް އިތުރުކޮށްދިނީ ކުރީގެ ވެރިންގެ ސަބަބުން ދެ ގައުމާއެކު ވެސް އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުންނެވެ.

އެއީ މި ސަރުކާރު އައިފަހުން އުފެދުނު ހާރިޖީ ގުޅުމެއް ނޫންކަން ސާފެވެ. ނަމަވެސް މި ސަރުކާރުގެ ބޮޓުން ކޮޅުން ދެކޭ ގޮތުގައި ޗައިނާ އަދި އިންޑިއާ އިން ވެސް އެގޮތަށް ހަދައި ދެއްވީ ރައީސް މުއިއްޒުގެ ސަބަބުންނެވެ.

އިންޑިއާއިން އެގޮތަށް ކަންކުރެއްވީ ފަހަރެއްގައި އެ ސަބަބާހުރެއެވެ. އެއީ އިންޑިއާގެ ޕްރައިމް މިނިސްޓަރގެ ފައިބުޑަށް ނާށިގަނޑު ހިފައިގެން ވެއްޓި ސަލާން ޖެެހީމަކަމަށް ވެސް ވެދާނެއެވެ.

އާދެ, ސުކޫކު ޕޭމަންޓް އަންނަ އަހަރު ދައްކަން ޖެހޭ އިރު ކަންބޮޑުވުމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވީ ށ. ބިލެތްފަހީގައި އޮތް ޖަލްސާގައި ވާހަކަ ނުދައްކަވަމުންނެވެ.

ފައިސާ ޗާޕު ނުކުރާކަމަށް މި ސަރުކާރުން ބުނި ނަމަވެސް ފައިސާ ޗާޕުކުރިކަމުގެ ތުހުމަތު ގިނަ ބަޔަކު ސަރުކާރަށް ކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved