March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އޭސީޕީ ދާއޫދަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 15, 2025, 03:57 PM

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއްގައި ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

Advertisement

ދާއޫދުގެ ގާނޫނީ ވަކީލުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި އޭސީޕީ ދާއޫދާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.މި ނޫސްބަޔާނެއްގައި ވަނީ "އޭސީޕީ ދާއޫދުގެ އެކައުންޓަށް، ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައިނުވާނެ"ކަން ފާހަގަކޮށް "ޤާނޫނާ ޚިލާފު އެއްވެސް މުޢާމަލާތެއް އޭނާގެ އެކައުންޓް މެދުވެރިކޮށް ހިނގާފައިނުވާނެ" ކަމުގެ ޔަޤީންކަން ދީފައެވެ.

އެމްއެމްޕީއާރްސީއާ ގުޅުންހުރި އެއްވެސް ފައިސާއެއް އޭސީޕީ ދާއޫދަށް ލިބިފައިނުވާކަން، ދައުލަތުން ކުރިއަށް ގެންދިޔަ ތަޙްޤީޤުތަކުންނާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދީފައިވާ ބަޔާންތަކުން ސާބިތުވާކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ.މީގެއިތުރުން، ޕޮލިސް ބޯޑުން ކުރިން ނިންމާފައިވާ ނިންމުންތަކާއި ޝަރުޢީ މަރުޙަލާގައި ނިންމާފައިވާ ނިންމުންތަކުން އޭސީޕީ ދާއޫދުގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަކީލުން އިތުރަށް ފާހަގަކޮށްފައިވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އިސް އޮފިސަރަކާ މެދު ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރަށް އަސަރުކުރާނެ ކަމެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved