theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / އެމްއެންޑީއެފް
ހަބަރު
ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި
Yana Shareef
ޔާނާ ޝަރީފް
16 އޮކްޓޯބަރު 2025

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވަމުން ދާތި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިޔަވަމުން ދަނީ ނަސްރު ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.


މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކޯސްޓުގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބާ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މައުލޫމާތު ލައިވްކޮށް ފެންނަން ހުންނަ ފޮލޯމީ އެޕުން ދައްކާގޮތުން، އެ ބޯޓު މިހާރު އޮތީ ޅ. އޮޅުވެލިފުށްޓާ ދިމާލުން ބޭރުގަ އެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.

ރޭގެ ވަގުތެއްގައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ވެސް ބަންޑުން ޖަހާލައިފަ އެވެ. އެ ކޮޅުވެއްޓީގައި ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން އެކަކުގެ ހަށިގަނޑު މިއަދު ވަނީ ފެނިފަ އެވެ. އެއީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދާންދޫ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved